Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގް

މެސީ އާއި ނޭމާ ޕީއެސްޖީގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެފި!

މި ދެ ކުޅުންތެރިންނާމެދު ސަޕޯޓަރުން ވެސް ބައެއް ފަހަރު ހިތްހަމަނުޖެހޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2023 | ބުރާސްފަތި 02:35
ނޭމާ އާއި މެސީ މަޑުކޮށްލައިގެން: އަންނަ ސީޒަނުގައި ޕީއެސްޖީއިން ނުފެނިދާނެ

ނޭމާ އާއި މެސީ މަޑުކޮށްލައިގެން: އަންނަ ސީޒަނުގައި ޕީއެސްޖީއިން ނުފެނިދާނެ

ޓީމުގެ އެންމެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ލަޔޮނަލް މެސީ އާއި ނޭމާ ސަންޓޯސް ޕީއެސްޖީގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެފި އެވެ.

މިކަން ކުރި މައިގަނޑު ސަބަބަކީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ޕީއެސްޖީ އަމިއްލަ ދަނޑުގައި 1-0 އިން ބަލިވުމެވެ. މި ނަތީޖާގެ ސަބަބުން މީގެ ހަފުތާއެއް ފަހުން ބަޔާންގެ ދަނޑުގައި އެ ޓީމު ދެ ލަނޑުން ބަލިނުކުރެވިއްޖެނަމަ ޕީއެސްޖީ ޗެމްޕިއަންސް ލީގުން ކަޓާނެ އެވެ.

ނޭމާ އާއި މެސީ އަކީ ބޮޑު މުސާރަ ދީފައި ޕީއެސްޖީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެކުލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ގެނައި ދެ ކުޅުންތެރިއެކެވެ. ނަމަވެސް ޖެހިޖެހިގެން ދެ ވަނަ ސީޒަނެއްގައި މުބާރާތުން ކަޓާނެ ކަމަށް ބެލެވެން ފެށުމާއެކު ސަޕޯޓަރުންގެ ނުރުހުން ވަނީ ކުޅުންތެރިންނަށް އަމާޒުވެފަ އެވެ.

މެސީ އާއި ނޭމާގެ އިތުރުން އެހެން ކުޅުންތެރިންނަށް ވެސް ރޭ މޮޅަށް ނުކުޅެވުނެވެ. ނަމަވެސް ސަޕޯޓަރުންގެ މެޗު ނިމެންދެން ޓީމަށް ތަރުހީބު ދިނުމުގައި ދެމިތިއްބެވެ. މެޗަށް ފަހު މެސީ އާއި ނޭމާ ސަޕޯޓަރުންނާ ބައްދަލުކޮށް މައާފަށް އެދުނުއިރު މި ދެ ކުޅުންތެރިން އަންނަ ސީޒަނުގައި ޕީއެސްޖީން ނުފެނުން ކައިރިކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. މި ސީޒަނާއެކު ނޭމާގެ ކޮންޓްރެކްޓް ބާކީ އަހަރަކަށްވާއިރު މެސީގެ ކޮންޓްރެކްޓް ނިމޭނެ އެވެ. މި ދެ ކުޅުންތެރިން ޓީމު ދޫކޮށްދާން ބޭނުންވާ މައިގަނޑު ސަބަބަކީ ފްރާންސްގެ ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭއާ އޮތް ގުޅުން ރަނގަޅު ނުވުމާއި އެމްބާޕޭ އަށް ކުލަބުގައި ގިނަ ބާރުތަކެއް ލިބިފައިވުމެވެ. އަދި ނޭމާ އާއި މެސީ ނެތި ޕީއެސްޖީ އަށް ތަށި ހޯދައިދޭން އެމްބާޕޭ ދަނީ ބާރު އަޅަމުންނެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި އެމްބާޕޭ ކުޅެން ނުކުތީ ބަޔާންއިން ގޯލު ޖެހުމުންނެވެ. އޭނާ މޮޅަށް ކުޅުނަސް އޭނާ ދެއްކިފަދަ ކުޅުމާގާތަށް ވެސް މެސީ އާއި ނޭމާ އަށް ނުކުޅެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު