Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

މުހިންމު ޕެނަލްޓީ ނާކާމިޔާބުވުމުން ސަކާ މައާފަށް އެދެފި

ސަކާ ބުނީ އާސެނަލްގެ ކިބައިން މައާފަށް އެދެން ބޭނުންވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2023 | އަންގާރަ 02:52
ޕެނަލްޓީ ނާކާމިޔާބު ވުމަށްފަހު ސަކާ

ޕެނަލްޓީ ނާކާމިޔާބު ވުމަށްފަހު ސަކާ

މުހިންމު ޕެނަލްޓީއެއް ނާކާމިޔާބުވުމުން އާސެނަލަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ މައާފަށް އެދިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލަށް ލިބުނު ޕެނަލްޓީ ޖެހީ ސަކާ އެވެ. ސަކާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލަށް އަމާޒު ނުވެ ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ވެސްޓް ހޭމް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މުހިންމު ޕެނަލްޓީ ނާކާމިޔާބުވި މެޗަށްފަހު ސަކާ އޭނާގެ އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓެއްގައި ބުނީ، އޭނާގެ ފަރާތުން ދިމާވާ ކަންކަމަށް އަބަދު ވެސް ޒިންމާ ނަގަން ބޭނުންވާ ކަމަށެވެ. ސަކާ ބުނީ އާސެނަލްގެ ކިބައިން މައާފަށް އެދެން ބޭނުންވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، އަބަދު ޕެނަލްޓީ ވެސް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ބައެއް ފަހަރު ނާކާމިޔާބު ވެސް ވާނެ ކަމަށެވެ. ނަމަވެސް ނާކާމިޔާބުވެއްޖެ ނަމަ، އެއަށްފަހު އެކަން ޤަބޫލުކޮށް ކުރިއަށް ދާން ޖެހޭނެ ކަމަށެވެ. އާޓެޓާ ބުނީ އެކަން ނުކުރެވޭ ކުޅުންތެރިޔަކު ނަމަ، ދެން ފަހުން ޕެނަލްޓީ ޖަހާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް ސަކާ ވަނީ އެކަހަލަ ކަންކަމުން އަރައިގަނެ ކުރިއަށް ގޮސްފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އޭނާ އަށް އެކަން ކުރެވޭނެ ކަމަށެވެ.

ސަކާ އޭނާގެ ސީނިއާ ކެރިއަރު 2018 ވަނަ އަހަރު ފެށީ ވެސް އާސެނަލް އިންނެވެ. މި ސީޒަންގައި އޭނާ އަންނަނީ އާސެނަލްގައި މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. މި ސީޒަންގައި މިހާތަނަށް އާސެނަލަށް ކުޅެދިން 41 މެޗުން އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 12 ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ ޖަހާފައިވާ ލަނޑެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ
26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
14 އެޕްރީލު 2017

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

14 އެޕްރީލު 2017
އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް
11 އެޕްރީލު 2017

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު