Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިދިކޮޅު ޓީމުގެ ކިބައިން މައާފަށް އެދޭ ވަރަށް ބްރެޒިލްގައި ހުނަވެރި ކުޅުންތެރިން އެބަ ތިބި

ބްރެޒިލް ޓީމަށް އެންމެ ބޭނުންވާ "ބޮޑު" ކުޅުންތެރިޔަކީ ނޭމާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2022 | ހޯމަ 02:11
ބްރެޒިލްގެ ކުޅުންތެރިން ޓްރެއިނިންގައި

ބްރެޒިލްގެ ކުޅުންތެރިން ޓްރެއިނިންގައި

އިދިކޮޅު ޓީމުތަކުގެ ކިބައިން މައާފަށް އެދޭ ވަރަށް ބްރެޒިލްގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ކަސެމީރޯ ބުނެފިއެވެ.

ކަސެމީރޯ މިހެން ބުނީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަދި ޑެނީލޯ އަށް ނުކުޅެވޭނެއެވެ. އެކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލު ކުރުމުން ކަސެމީރޯ ބުނީ ބްރެޒިލް ޓީމުގައި ހުނަރުވެރި އެތައް ކުޅުންތެރިން ތިބި ކަމަށެވެ. އޭނާ ބުނީ ނޭމާ އަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިޔެއް ކަމާއި، ނޭމާގެ ކޮލިޓީގެ ވާހަކަ ދައްކަން މުޅި ދުވަސް ވެސް ހޭދަ ކުރެވިދާނެ ކަމަށެވެ. އޭނާ ބުނީ ބްރެޒިލް ޓީމަށް އެންމެ ބޭނުންވާ "ބޮޑު" ކުޅުންތެރިޔަކީ ނޭމާ ކަމަށާއި، ޓީމުގައި އެންމެ ތަފާތު ދައްކަނީ ވެސް އޭނާ ކަމަށެވެ.

ކަސެމީރޯ ބުނީ ބްރެޒިލް ޓީމުގައި މޮޅަށް ކުޅޭ އެހެން ކުޅުންތެރިން ވެސް ތިބި ކަމަށެވެ. އޭގެ ތެރޭގައި ވިނީޝިއަސް ޖޫނިއާ، ރަފީނިއާ، ރިޗާލިސަން އަދި ގެބްރިއަލް ޖީސޫސް އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށެވެ. އަދި އިދިކޮޅު ޓީމަށް މައާފަށް އެދޭ ކަމަށް ބުނެ ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިން ޖޯކު ވެސް ޖަހާ ކަމަށް ކަސެމީރޯ ބުންޏެވެ.

ކަސެމީރޯ ބުނީ ނޭމާ އާއި ޑެނީލޯ ޓީމުގެ ފަރިތަކުރުންތަކަށް ވެސް ނާންނަ ކަމަށެވެ. އަދި އެ ކުޅުންތެރިން މަސައްކަތް ކުރަނީ ހޮޓަލުގައި ތިބެގެން ކަމަށެވެ. އޭނާ ބުނީ ހެނދުނާއި، ހަވީރު އަދި ރޭގަނޑު ވެސް އެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރާ ކަމަށެވެ. ކަސެމީރޯ ބުނީ އެ ކުޅުންތެރިންނަށް އެމީހުންނަކީ ޓީމަށް ކިހާ މުހިންމު ބައެއްކަން އެނގޭ ކަމަށާއި، އެހެންވެ އެ މީހުން އަނިޔާއިން ރަނގަޅުވުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

ބްރެޒިލް އިން ސްވިޒަލެންޑާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު