Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ޤަތަރުގެ ދިފާއުގައި ނުކުންނެވީ ފީފާގެ ރައީސް އިންފަންޓީނޯ، "ކުރިއަށް އޮތް 3000 އަހަރު ޔޫރަޕުގެ ޤައުމުތަކުން މައާފަށް އެދެން ޖެހޭނެ"

އިންފަންޓީނޯ ވަނީ ޤަތަރު ދިފާއުކޮށް ބަހުގެ ހަމަލާތަކެއް ޔޫރަޕުގެ ޤައުމުތަކަށް ފޮނުވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 03:11
ފީފާގެ ރައީސް އިންފަންޓީނޯ

ފީފާގެ ރައީސް އިންފަންޓީނޯ

ޤަތަރުގައި އާދިއްތަ ދުވަހުގެ ރޭ ފަށާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް އެ ޤައުމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ދިފާއުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނުކުންނަވައިފިއެވެ.

ޤަތަރަކީ އިސްލާމީ ޤައުމަކަށްވުމުން އެ ޤައުމުން ވަނީ އިސްލާމްދީނުގެ އަސްލުތަކާއި، އުސޫލުތަކާ ޚިލާފު ކަންކަން ނުކުރެވޭނެ ކަމަށް އަންގާފައެވެ. އެގޮތުން މެޗުތައް ކުރިއަށްދާ ވަގުތުގައި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ނުކުރެވޭނެ ކަމަށާއި، ބަނގުރާ ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ޔޫރަޕުގެ ގިނަ ޤައުމުތަކުން ވަނީ ޤަތަރާ ދެކޮޅަށް ތެދުވަފައެވެ. މީގެ އިތުރުން ޤަތަރުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ބިޑު ކާމިޔާބު ކުރި އިރު، ފީފާގެ ރައީސަކަށް ހުންނެވި ސެޕް ބްލެޓާ ވަނީ އެއީ "މިސްޓޭކެއް" ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޤަތަރުން އިންސާނީ ހައްގަށް އަރައި ގަންނަނީ ކަމަށެވެ.

މި ވާހަކަތައް ދެކެވެމުން ދިޔަ ވަގުތެއްގައި ޤަތަރުގެ ދިފާއުގައި ނުކުންނެވީ އިންފަންޓީނޯއެވެ. ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ޤަތަރު ދިފާއުކޮށް، ބަހުގެ ހަމަލާތަކެއް ޔޫރަޕުގެ ޤައުމުތަކަށް ފޮނުވާފައެވެ. ދޮޅު ގަޑިއިރަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނުސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން އޭނާ ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އިންފަންޓީނޯ ވިދާޅުވީ ޤަތަރާ ދެކޮޅަށް ޔޫރަޕުގެ ޤައުމުތަކުން ކުރަނީ ހުތުރު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޤަތަރުގައި ބާއްވާ މުބާރާތަކީ މިހާތަނަށް ބާއްވާނެ އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށާއި، ޤަތަރުން އޮތީ އެންމެ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ. މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ އޭނާ އަކީ ޔޫރަޕަށް ނިސްބަތްވާ މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ޤައުމުތަކަށް ކަންތައް ކުރަންވީ ގޮތް ބުނެދިނުމުގެ ކުރިން 3000 އަހަރު ވަންދެން ޔޫރަޕުގެ ޤައުމުތަކުން ކުރި ކަންކަމަށް ކުރިއަށް އޮތް 3000 އަހަރު މައާފަށް އެދެން ޖެހޭ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ބަނގުރާ ބޭނުންކުރުން މަނާ ކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ މުބާރާތާ ގުޅިގެން ނިންމާ ނިންމުންތައް ނިންމަނީ ޤަތަރާއި ފީފާއާ ދެމެދު މަޝްވަރާކޮށް، ގުޅިގެން ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ މެޗު ބެލުމަށް އެ ހޭދަވާ ތިން ގަޑިއިރު ތެރޭގައި ބަނގުރާ ނުބޮއި ތިބި ނަމަވެސް "މަރުނުވާނެ" ކަމަށެވެ.

ޤަތަރުން ބުނެފައިވަނީ 28 ދުވަހުގެ މުބާރާތަކަށް އެ މީހުންގެ ދީން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. ޤަތަރުން ބުނަމުން އަންނަނީ އެ ޤައުމުގައި ދީނީ އުސޫލުތައް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރުޖިއާނީ އިންފަންޓީނޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު