Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޔުނައިޓެޑް މެޗުގައި ބަދަލުކުރުމުން ރުޅިގަދަވިނަމަވެސް، ރަފީނިއާ މައާފަށް އެދެފި

18 ފެބުރުއަރީ 2023 | ހޮނިހިރު 05:33

އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2023 | ހޮނިހިރު 05:33
ބާސެލޯނާއަށް ކުޅެމުން އަންނަ ރަފީނިއާ

ބާސެލޯނާއަށް ކުޅެމުން އަންނަ ރަފީނިއާ

ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލުކުރުމުން ހިތްހަމަނުޖެހުނު ނަމަވެސް، ރަފީނިއާ މައާފަށް އެދެފިއެވެ.

މެޗުން ބާސެލޯނާ ސަލާމަތްކޮށްދިން ލަނޑުވެސް ޖެހި ރަފީނިއާ ބަދަލުކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ފެރާން ޓޮރޭސްއެވެ. އެކަމުގެ ސަބަބުން ދަނޑުން ފޭބި ވަގުތު ރަފީނިއާ ވަނީ ހިތްހަނެޖުހުން ފާޅުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ރަފީނިއާ ބުނީ މިހާރު އޭނާ ވަނީ އެކަމާ ގުޅިގެން މައާފަށް އެދިފައި ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ބަދަލުކުރުމާއެކު އޭނާގެ ފަރާތުން ފެނުނު އަމަލަށް މައާފަށް އެދޭ ކަމަށެވެ. މީގެ އިތުރުން ރަފީނިއާ ބުނީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްއާއި އަދި ކުލަބާމެދު އޭނާގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތްކަމަށެވެ. ރަފީނިއާ ބުނީ އޭނާ ބޭނުންވަނީ ދަނޑު މަތީގައި ހުރެ ކުޅެން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބާސެލޯނާގެ ކޯޗު ޒަވީ ބުނީ، ރަފީނިއާގެ އަމަލު އޭނާއަށް ފެނުނު ކަމަށާއި، އެކަން އޭނާއަށް ގަބޫލުވެސް ކުރެވޭ ކަމަށެވެ. ރަފީނިއާ ހުރީ ބަދަލު ކުރުމުން ރުޅި ގަދަވެފައިކަން ފާހަގަކޮށް ޒަވީ ބުނީ، އޭނާވެސް ހުރީ ރުޅި އައިސްފައި ކަމަށެވެ. ޒަވީ ބުނީ މެޗުގައި އޭނާ ބަދަލު ގެންނަނީ ޓީމާމެދު ވިސްނާފައި ކަމަށާއި، އެއްވެސް ހަލެއްގައި ވަަކި ކުޅުންތެރިޔަކަށް އިނގިލި ދިއްކުރުމުގެ މަގުސަދެއް އޮވެގެން ނޫންކަމަށެވެ. ޒަވީ ބުނީ ރަފީނިއާ މިހާރު އޭނާ ގާތުން ވަނީ މައާފަށް އެދިފައި ކަމަށާއި، އޭނާއަށް އެކަން ފެންނަނީ ޕޮޒިޓިވްްކޮށް ކަމަށެވެ. ސަބަބަކީ ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންވަނީ ކުޅެން ކަމަށް ޒަވީވެސް ބުންޏެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2ންނެވެ. ޔޫރޮޕާ ލީގުގެ ގަދަ 16އަށް ދާނެ ޓީމެއް ކަނޑައެޅޭނީ ޔުނައިޓެޑުގެ ދަނޑުގައި ކުޅޭ މެޗުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް