Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ ފާސިރު

ގައުމީ ޓީމުގެ މައްސަލައިގައި އެންމެ ފަހުން ސެންޓޭ ވެސް މައާފަށް އެދިއްޖެ

އައިއޯއައިޖީގައި ގައުމީ ޓީމުގެ ކެޕްޓަން ކަން ކޮށްފައިވަނީ ސެންޓޭ

އަތޫފް އާތިފް
އަތޫފް އާތިފް | 23 އޮކްޓޯބަރު 2019 | ބުދަ 06:19
އަލީ ފާސިރު

އަލީ ފާސިރު

ގައުމީ ޓީމުގެ މައްސަލައިގައި ސެންޓޭ ވެސް މައާފަށް އެދިއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ގުއާމާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗަށް އަމިއްލަ ސަބަބަކާއި ހުރެ ނުދިޔުމުގެ ސަބަބުން ގައުމީ ސްކޮޑުން އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބާކީ ކުރި އިރު އެޓީމުގެ ފޯވާޑް އަހްމަދު ރިޒްވާން ވެސް ވަނީ ގައުމީ ސްކޮޑާއެކު ގުއާމަށް ނުދިޔުމުގެ ސަބަބުން ޓީމުގެ ސްކޮޑުން ބާކީ ކޮށްފައެވެ. އަދި މި މައްސަލަ އެފްއޭއެމް އިން ބެލުމަށްފަހު ވަނީ މި ދެކުޅުންތެރިން 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ދައްކައިފައިވަނީ މި ދެ ކުޅުންތެރިން ކުޅެމުން އަންނަ ކްލަބް އީގަލްސް އިންނެވެ.

ސެންޓޭ އޭނާގެ ފޭސްބުކް ޕޭޖުގައި އަންގާރަ ދުވަހުގެ ރޭ ޖެހި ސްޓޭޓަސް އެއްގައި އޭނާ ބުނެފައިވަނީ އޭނާ އަށް ކުރެވުނީ ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެކަމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާ ކަމަށެވެ. އަދި މީގެ އިތުރުން އޭނާ ވަނީ މި ކަމަށް އެފްއޭއެމް އަށާއި ގައުމީ ޓީމާއި އަދި އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.

ގައުމީ ޓީމުގެ ޖާޒީ ގައި މޮޅު ކުޅުމެއް ދައްކަމުން އައި ސެންޓޭ އަކީ ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާއެވެ. އަދި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރި އިރު ސެންޓޭ އަކީ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

ގައުމީ ޓީމުގެ މައްސަލައިގައި ރިޒޭ ވެސް ވަނީ އެކަމަށް މައާފަށް އެދިފައެވެ.

ރިޒޭގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައިވަނީ ކުރެވުނު ކަންތަކާއި މެދު ހިތާމަ ކުރާ ކަމަށާއި، ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ގަބޫލު ކުރާ ކަމަށެވެ. އަދި މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށާއި އެކަމަށް ގައުމީ ޓީމާއި އެފްއޭއެމްގެ އިތުރުން ފުޓުބޯޅަ އާއިލާގެ ކިބައިން މާއާފަށް އެދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު