Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޕޮޓާ ބޭނުންވަނީ ޗެލްސީއަށް ކޭން ގެންނަން

ޕޮޓާގެ ޓާގެޓަކީ ޗެލްސީގެ ފޯވާޑް ލައިން ވަރުގަދަ ކުރުމާއި، ގޯލު ޖަހާނެ ކުޅުންތެރިޔަކު ހޯދުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 08:34
ހެރީ ކޭން

ހެރީ ކޭން

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ހެރީ ކޭން އަކީ ގްރަހަމް ޕޮޓާ ޗެލްސީއަށް ގެންނަން ބޭނުންވާ ކުޅުންތެރިޔެެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕޮޓާ ބޭނުންވަނީ ޗެލްސީއަށް ކުޅުންތެރިން ގެނައުމަށެވެ. މި ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމަށް އެ ޓީމުން ވަނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ރަހީމް ސްޓާލިން އާއި ބާސެލޯނާއަށް ކުޅެމުން އައި އޮބާމަޔަން ވެސް ހޯދާފައެވެ. އެއީ ޗެލްސީގެ ކޯޗުކަމުގައި އޭރު ހުރި ތޯމަސް ޓުޗެލް ބޭނުންވެގެން އެ ޓީމުން ހޯދި ކުޅުންތެރިންނެވެ. ނަމަވެސް އެ ކުޅުންތެރިންނާއެކު ވެސް ޗެލްސީގެ ނަތީޖާ ދަށްވުމުން ޓުޗެލް މަގާމުން ދުރުކޮށް، އެ މަގާމަށް ވަނީ ޕޮޓާ ހަމަޖައްސާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކޭން އަކީ ޕޮޓާއަށް ވަރަށް ކަމުދާ ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަނާއި މި ސީޒަންގައި ކޭން އަންނަނީ ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕޮޓާގެ ޓާގެޓަކީ ޗެލްސީގެ ފޯވާޑް ލައިން ވަރުގަދަ ކުރުމާއި، ގޯލު ޖަހާނެ ކުޅުންތެރިޔަކު ހޯދުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ޓޮޓެންހަމާއެކު ކޭން ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. މިހާތަނަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ޓީމުން ކޭން ދޫނުކުރާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ ކޭން އަކީ އޭނާގެ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާކަމަށް ވެސް ބުނެފައެވެ.

ޗެލްސީހެރީ ކޭންގްރަހަމް ޕޮޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު