Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ތަރައްގީކުރުުން

އަމީނީ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ: އާރްޑީސީ

19 ސެޕްޓެމްބަރު 2022 | ހޯމަ 12:36

އަމީނީ މަގުގެ ނެޓްވޯރކްތައް ވަޅުލާފައި ހުރި ގޮތުން ގޮންޖެހުންތައް އެބަހުރިކަމަށް އާރްޑީސީން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ސެޕްޓެމްބަރު 2022 | ހޯމަ 12:36
އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގުގައި ހުރި ގަސްތަކެއް ނަގަނީ

އަމީނީ މަގު ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން, އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތައް އިންދާނެކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

އެ ކުންފުނިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަން ރާވާފައިވަނީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުންނުވާނެހެން ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަމަށެވެ. ނަމަވެސް މާލޭގެ މަގުތަކަކީ ފެނާއި ނަރުދަމާގެ އިތުރުން އެތައް ބައިވަރު ނެޓްވޯރކްތަކެއް ވަޅުލާފައިވާ މަގުތަކެއް ކަމަށްވާއިރު، މި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އާރްޑީސީން މިހާރު މަސައްކަތް ކުރަމުން އަންނަ އަމީނީ މަގަކީ، ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގެއްކަން އެކުންފުނިން ފާހަގަކުރިއެވެ. މީގެ ސަބަބުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ބައެއް ހޮޅިތަކާއި ކޭބަލްތަކަށް އެ މަގުގައި ހުރި ގަސްތަކުގެ މުލުގެ އަސަރު ކޮށްފައިވާކަމަށްވެސް އާރްޑީސީން ބުނެއެވެ. މިއާއެކު އެ ގަސްތައް އަމީނީ މަގުން ނަގައި އެހެންތަނަކަށް ގެންދިއުމުގެ މަސައްކަތް އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

އާރްޑީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިގަސްތައް ބަދަލު ކުރަނީ ކ. ކުޑަގިރީގައި ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑަށެވެ. ނަމަވެސް އަމީނީ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި، މަގުގެ މަސައްކަތް ނިމުމުން ގަސް އިންދޭނެ ތަންތަނުގައި ގަސް އިންދާނެއެވެ.

މީގެ އިތުރުން އަމީނީ މަގު އިތުރަށް ފެހި ކުރުމަށް، "ޓްރީޕިޓް" ބަހައްޓާނެ ކަމަށްވެސް އާރްޑީސީން މައުލޫމާތުދެއެވެ.

އާރްޑީސީއަމީނީ މަގުއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
07 އޯގަސްޓު 2025

ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި

07 އޯގަސްޓު 2025
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
07 ޖުލައި 2024

ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި

07 ޖުލައި 2024
ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް