Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ބާސްކެޓު ޗެމްޕިއަންޝިޕް

މިއީ ބާސްކެޓުގެ އަންހެން ކުޅުންތެރިންނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް، އެއީ ލިބޭ ހިތްހަމަޖެހުމެއް: މަޚްލޫފް

18 ސެޕްޓެމްބަރު 2022 | އާދީއްތަ 03:21

މުބާރާތް ކުރިއަށް ދާނީ މި މަހުގެ 24 އިން 30 އަށް ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 03:21
ޕްރެސްގެ ތެރެއިން މިނިސްޓަރު މަޚްލޫފް

ޕްރެސްގެ ތެރެއިން މިނިސްޓަރު މަޚްލޫފް

ރާއްޖޭގައި ފަށާ ސައުތު އޭޝިއަން ބާސްކެޓް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕަކީ އަންހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ ބާސްކެޓުގެ އެންމެ ބޮޑު މުބާރާތް ކަމަށާއި، އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިހެން ވިދާޅުވީ މުބާރާތުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި މުބާރާތަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފަސް ވަނަ މުބާރާތް ކަމަށެވެ. މަޚްލޫފް ވިދާޅުވީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބާސްކެޓު އެސޯސިއޭޝަނާއި، ކުޅުންތެރިން އެދުނު ގޮތަށް މިހާރު ތިބީ ވެވުނު އެންމެ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މުބާރާތް ރާއްޖޭގައި ކުރިއަށްދާއިރު އެދެނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ ރާއްޖޭގެ ފަސްގަނޑުގައި ދިވެހި ކުޅުންތެރިން ކުޅޭއިރު، އެ ކުޅުންތެރިންނަށް ސަޕޯޓުކޮށް، ހިތްވަރު ދިނުމަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ގޮސް، ޒުވާނުންގެ މަރުކަޒު ފުރާލަ ދިނުން ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ކުޅިވަރު ޕްރޮމޯޓުކުރުމާއި، ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެހެން ކުޅިވަރުތަކުން ވެސް އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މުބާރާތް މިހިސާބަށް ގެނައުމަށާއި، މުބާރާތުގެ ކަންކަމުގައި ބާސްކެޓު އެސޯސިއޭޝަނުން ކުރާ މަސައްކަތް ފާހަގަކޮށް، އެ އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ޤައުމީ އަންހެން ޓީމުން ކާމިޔާބީ ހޯދުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް، މަޚްލޫފް ވަނީ ޓީމަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޖުމުލަ ފަސް ޤައުމަކުން ވާދަކުރާނެއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާ އަދި ތައިލެންޑުގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މުބާރާތް ކުރިއަށް ދާނީ މި މަހުގެ 24 އިން 30 އަށް ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލުގައެވެ.

ސާބާ ޗެމްޕިއަންޝިޕްބާސްކެޓް އެސޯސިއޭޝަން އަހުމަދު މަޚްލޫފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 މާރިޗު 2025

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
24 މާރިޗު 2023

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

24 މާރިޗު 2023
ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
01 މާރިޗު 2023

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް
28 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން

28 ފެބުރުއަރީ 2023
ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން
14 ޖެނުއަރީ 2023

ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!

14 ޖެނުއަރީ 2023
ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް