Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާގެ ރައީސަކަށް އެޑަމް

ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!

އެމްބީއޭގެ ރައީސްކަމަށް އެޑަމް އިންތިޚާބުވީ 2019 ވަނަ އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 14:11
ސާބާގެ ރައީސް އަހުމަދު އާދަމް (އެޑަމް)

ސާބާގެ ރައީސް އަހުމަދު އާދަމް (އެޑަމް)

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް), ސަރަހައްދީ ފެޑެރޭޝަން (ސާބާ)ގެ ރައީސްކަމަށް އިންތިޚާބުވެއްޖެއެވެ.

ސައުތު އޭޝިޔާގެ ބާސްކެޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް އެޑަމް އިންތިޚާބުވީ މިއަދު އޮތް ކޮންގްރެސްގައި މެންބަރު ގައުމުތަކުގެ ފުރިހަމަ ތާއީދާއެކުއެވެ. އެޑަމްގެ ނަން ބަންގްލަދޭޝްއިން ހުށަހެޅުމުން، ކޮންގްރެސްގައި ބައިވެރިވި އެހެން ގައުމުތައް ކަމަށްވާ; ނޭޕާލް, އިންޑިޔާ އަދި ސްރީލަންކާއިންވެސް ތާއީދުކުރިއެވެ. އެޑަމްގެ ދައުރުގައި ސާބާގެ ޖެނެރަލް ސެކްރެޓަރީގެ ދައުރު އަދާކުރައްވާނީ އިންޑިޔާގެ ޗަންދްރަމްކީ ޝަރުމާއެވެ.

އެޑަމް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޚާބުވީ 2019 ވަނަ އަހަރުއެވެ. ކޮވިޑްގެ ދަތިކަމުގެ ތެރެއިންވެސް އޭނާ ވަނީ ބާސްކެޓްބޯޅައިގެ ކުރިމަގަށް މުހިއްމު މަސައްކަތްތަކެއް ކޮށްދީފައެވެ. މީޑިޔާއާވެސް ވަރަށް ރައްޓެހި އެޑަމްގެ ދައުރުގެ ތެރޭގައި ޖޫނިއަރ މުބާރާތްތަކަށްވެސް ބޮޑު ސަމާލުކަމެއް ދިނެވެ. އަދި ވަޅުޖެހެމުން ދިޔަ، އަންހެނުންގެ ބާސްކެޓްބޯޅައަށް ދިރުން ގެނެސްދީ، މުބާރާތްތައް ބޭއްވިއެވެ. އަދި ސަރަހައްދީ މުބާރާތްތައް ރާއްޖޭގައި ހޮސްޓްކުރިއެވެ.

އެޑަމް ސާބާގެ ރައީސްކަމަށް އިންތިޚާބުވުމުން މިއަހަރު ރާއްޖޭގެ ބާސްކެޓަށް ލިބޭ ފުރުސަތުތައް އިތުރުވާނެއެވެ. މިއީ ރާއްޖޭގެ ބާސްކެޓްބޯޅައަށް އިތުރު ދޮރުތައް ހުޅުވި, ފުރުސަތުތައް ފަހިވެގެންދާނެ ކަމެކެވެ.

ސާބާ ޗެމްޕިއަންޝިޕްމޯލްޑިވްސް ބާސްކެޓް

އިތުރަށް ކިޔާލަން

01 މާރިޗު 2025

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް
30 ސެޕްޓެމްބަރު 2022

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ހޯދައިފި

30 ސެޕްޓެމްބަރު 2022
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ހޯދައިފި
29 ސެޕްޓެމްބަރު 2022

ޕްރަސަންނަގެ ތައުރީފު ލަންކާ ކުޅުންތެރިންނަށް

29 ސެޕްޓެމްބަރު 2022
ޕްރަސަންނަގެ ތައުރީފު ލަންކާ ކުޅުންތެރިންނަށް
29 ސެޕްޓެމްބަރު 2022

ބޭނުންވީ ރަން މެޑައްޔެއް، އެކަން ހާސިލްނުވުމުން ދެރަވޭ: ސުޕުން

29 ސެޕްޓެމްބަރު 2022
ބޭނުންވީ ރަން މެޑައްޔެއް، އެކަން ހާސިލްނުވުމުން ދެރަވޭ: ސުޕުން
28 ސެޕްޓެމްބަރު 2022

ރާއްޖެ ބަލިކޮށް ލަންކާ އިން މަގާމު ދިފާއުކޮށްފި

28 ސެޕްޓެމްބަރު 2022
ރާއްޖެ ބަލިކޮށް ލަންކާ އިން މަގާމު ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު