Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ހާލާންޑަށް ހުއްޓުމެއް ނެތް، މެންޗެސްޓަރ ސިޓީ އެއްވަނައަށް!

17 ސެޕްޓެމްބަރު 2022 | ހޮނިހިރު 13:51

ސިޓީ އެއްވަނާގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާއެކު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 13:51
މިއީ ހަތް މެޗުން ހާލާންޑް ޖެހި 11 ވަނަ ގޯލް

މިއީ ހަތް މެޗުން ހާލާންޑް ޖެހި 11 ވަނަ ގޯލް

ހާލާންޑްގެ ލަނޑަކާއެކު 3-0 ން ވުލްވްސް ބަލިކޮށް, މެންޗެސްޓަރ ސިޓީން ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ މިނިޓްގައި ސިޓީން ވަނީ ލީޑް ނަގާފައެވެ. ކެވިން ޑި ބުރައިނާ ތަނަވަސްކޮށްދިން ފުރުޞަތަކުން ގޯލް ޖަހައިދިނީ ގްރީލިޝްއެވެ. ހާލާންޑް މެޗުގައި ލަނޑު ޖެހީ 16 ވަނަ މިނިޓްގައެވެ. އެއީ ބާނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ ލީގުގައި ހާލާންޑް ކުޅުނު ހަތް މެޗުން ޖެހި 11 ވަނަ ގޯލެވެ. މިސީޒަންގައި ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައިވެސް ހުރީ ހާލާންޑެވެ, ސިޓީގެ ތިންވަނަ ލަނޑު ޖެހީ ފިލް ފޮޑެންއެވެ. ފޮޑެންއަށްވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ޑި ބުރައިނާއެވެ. ސިޓީން ތިންވަނަ ލަނޑު ޖެހުމުގެ ކުރިން ވުލްވްސްގެ ޑިފެންޑަރ ނަތަން ކޮލިންސްއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. 33 ވަނަ މިނިޓްގައި އޭނާއަށް ރަތްކާޑް ދެއްކީ ގްރީލިޝްއަށް ކުރި ފައުލަކަށެވެ.

މެޗުގެ ފަހު 20 މިނިޓްގެ ތެރޭގައި ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީއަށް ފަސް ބަދަލު ގެނެސްފައެވެ. އެގޮތުން 72 ވަނަ މިނިޓްގައި ތިން ބަދަލެއް ގެނައެވެ. ފޮޑެންއާއި, ބާނާޑޯ ސިލްވާއާއި, ޑި ބުރައިނާގެ ބަދަލުގައި ފުރުޞަތު ދިނީ ގުންޑޮގާންއާއި, އަލްވާރޭޒްއާއި, ރިޔާދު މާރޭޒްއަށެވެ, 77 ވަނަ މިނިޓްގައި ގްރީލިޝްގެ ބަދަލުގައި ކޯލް ޕަލްމާއަށް ފުރުޞަތުދިނެވެ. އަދި އޭގެފަހުން ރޮޑްރީގެ ބަދަލުގައި ފުރުޞަތު ދިނީ ސާޖިއޯ ގޮމޭޒްއަށެވެ.

މިމޮޅާއެކު ސިޓީ އެއްވަނައަށް ޖެހިލީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. އާދިއްތަ ދުވަހު ހަވީރު ބްރެންޓްފޯޑް ބަލިކޮށްގެން އާސެނަލްއަށް އަލުން އެއްވަނައަށް ޖެހިލެވޭނެއެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީއާލިން ބްރައުޓް ހާލަންޑް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް