Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސިޓީން ޑޯޓްމަންޑް ބަލިކުރީ ހާލާންޑްގެ ގޯލުން

ދެ މެޗުން މޮޅުވެ ސިޓީ އޮތީ އެއްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:47
މެޗަށްފަހު ހާލާންޑް ޑޮޓްމަންޑްގެ ލަނޑުޖެހި ބެލިންގހަމްއާއެކު

މެޗަށްފަހު ހާލާންޑް ޑޮޓްމަންޑްގެ ލަނޑުޖެހި ބެލިންގހަމްއާއެކު

ބޮރޫޝިޔާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ހާލާންޑް އެޓީމް ކޮޅަށް ޖެހި ލަނޑުން, ޗެމްޕިއަންސްލީގުގައި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

މިސީޒަންގައި ޑޯޓްމަންޑް ދޫކޮށް މެންޗެސްޓަރ ސިޓީއަށް ބަދަލުވި ފޯވާޑް ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗުގައި ސިޓީ މޮޅުވީ 1-1 ން އެއްވަރުވާން ދަނިކޮށް ފަހު ވަގުތުކޮޅުގެ ތެރޭގައި ހާލާންޑް ޖެހި ލަނޑުންނެވެ. މެޗު ސިޓީން ކާމިޔާބުކުރީ ޑޯޓްމަންޑުން ލަނޑެއް ޖަހާފައިވަނިކޮށް ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ޑޯޓްމަންޑަށް ކުރިހޯދައިދިނީ ބެލިންގހަމްއެވެ. 80 ވަނަ މިނެޓުގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. ހާލާންޑް ސިޓީ މެޗުން މޮޅުކޮށްދިނީ 84 ވަނަ މިނެޓުގައެވެ. އެއީ ކަންސޭލޯ ނަގައިދިން ހުރަހަކުންނެވެ. މިއީ މިސީޒަންގައި ހާލާންޑްގެ 13 ވަނަ ގޯލެވެ.

މިމޮޅާއެކު ސިޓީ ގްރޫޕްގެ އެއްވަނާގައި އޮތީ ދެ މެޗުންވެސް މޮޅުވެ, ހަ ޕޮއިންޓާއެކުއެވެ. މެޗުން ބަލިވިޔަސް ތިން ޕޮއިންޓާއެކު ދެވަނާގައި އޮތީ ޑޯޓްމަންޑެވެ. މިގްރޫޕްގައި ސެވިއްޔާއާއި, އެފްސީ ކޯޕަންހޭގަން ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެޓީމްވެސް އޮތީ ޕޮއިންޓަކާއެކުއެވެ.

ޗެމްޕިއަންސް ލީގުބޮރޫޝިއާ ޑޯޓްމަންޑްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު