Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާނީގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވުން

ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބޭރު ދުނިޔޭގައި ބަސްބުނުމުގެ ފުރުޞަތު ރާނީ ދެއްވި: ރައީސް

ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ސެޕްޓެމްބަރު 2022 | ބުދަ 18:53
ރާނީ އެލިޒަބަތުގެ ތައުޒިޔާގެ ދަފުތަރުގައި ރައީސްގެ ދެކަނބަލުން ސޮއިކުރައްވަނީ

ރާނީ އެލިޒަބަތުގެ ތައުޒިޔާގެ ދަފުތަރުގައި ރައީސްގެ ދެކަނބަލުން ސޮއިކުރައްވަނީ

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސޮއިކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު 2 ވަނައިގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގައެވެ. އަދި، އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ޚިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް މި ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިޙްތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު 2 ވަނައާ މުޚާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ޤަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފައެވެ. އަދި، އެކަމަނާއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ޤައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުޞަތު ދެއްވި ބޭކަނބަލެއްކަން ވަނީ އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފާހަގަކުރައްވާފައެވެ.

އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2, ޢުމުރުފުޅުން 96 އަހަރުފުޅުގަ އަވަހާރަވީ ސެޕްޓެންބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހު އެވެ.

ރައީސް ސާލިހު ރާނީ އެލިޒަބަތު 2

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު