Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕްރިންސް އެންޑްރޫ

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

ޖިންސީ ކުށްވެރިޔާ އެޕްސްޓީނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ޕްރިންސް އެންޑްރޫ، ރަސްގެފާނުގެ ރުހުމާއެކު، އޭނާގެ ޝާހީ މަޤާމުތަކާއި ޝަރަފުތައް ދޫކޮށްލައިފި. ރާނީ އެލިޒަބަތުގެ ކިބައިން ލިބުނު ޑިއުކް އޮފް ޔޯކްގެ ޓައިޓަލް ވެސް ދޫކޮށްލުމަށްފަހު، އޭނާ މިހާރު ހުންނާނީ ހަމައެކަނި ޕްރިންސެއްގެ ގޮތުގައި.

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 01:33
މެލާނިއާ ޓްރަމްޕް، ޕްރިންސް އެންޑްރޫ، ގްވެންޑޮލިން ބެކް އަދި ޖެފްރީ އެޕްސްޓީން މާ-އޭ-ލަގޯ ކްލަބް، ޕާމް ބީޗް، ފްލޮރިޑާ، ފެބްރުއަރީ 12، 2000 ގައި ބޭއްވި ޕާޓީއެއްގައި.

މެލާނިއާ ޓްރަމްޕް، ޕްރިންސް އެންޑްރޫ، ގްވެންޑޮލިން ބެކް އަދި ޖެފްރީ އެޕްސްޓީން މާ-އޭ-ލަގޯ ކްލަބް، ޕާމް ބީޗް، ފްލޮރިޑާ، ފެބްރުއަރީ 12، 2000 ގައި ބޭއްވި ޕާޓީއެއްގައި.

އިނގިރޭސި ޝާހީ ޚާންދާނުގެ ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި ކަމަށް އަމިއްލަ ބަޔާނެއްގައި އިޢުލާނުކޮށްފިއެވެ.

އެންޑްރޫ މިކަން އިއުލާނު ކުރި އިރު ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީނާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އޭނާގެ މައްޗަށް އިތުރުވަމުންދާ ފިއްތުންތަކާ އެކު، ބަކިންހަމް ޕެލަސް އިން އޭނާ އަށް ފިޔަވަޅު އެޅުމަށް ގޮވާލުންތައް ވަނީ އިތުރުވެފައެވެ.

އެއާއެކު އޭނާގެ ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ.

އެންޑްރޫގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ގޮތައް ނިންމީ ރަސްގެފާނާއި ޢާއިލާއާއެކު މަޝްވަރާކުރުމަށްފަހު ގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކުން ރަސްގެފާނާއި ރަސްކަމުގެ ޢާއިލާގެ މަސައްކަތަށް އުނދަގޫވާ ކަމަށް ގަބޫލު ކުރެވޭތީ މި ނިންމުން ނިންމީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ރަސްގެފާނުގެ ރުހުމާއެކު، އަޅުގަނޑު މިހާރު އިތުރު ފިޔަވަޅެއް އަޅަންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އެހެންކަމުން، އަޅުގަނޑުގެ މަޤާމު ނުވަތަ އަޅުގަނޑަށް ދީފައިވާ ޝަރަފުތައް މީގެ ފަހުން ބޭނުމެއް ނުކުރާނަމެވެ."

ޕްރިންސް އެންޑްރޫ ވަނީ ފާއިތުވި އަހަރުތަކުގައި ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ވަރޖީނިއާ ގިއުފްރޭ އާއެކު ހައްލު ކުރި ކޯޓު ކޭސް އާއި، އޭނާގެ މާލީ ކަންކަމާ ގުޅޭ ސުވާލުތަކާއި، ޗައިނާގެ ޖާސޫސެއް ކަމަށް ބެލެވޭ މީހަކާ އޮތް ގުޅުން ހިމެނެއެވެ.

ޓައިޓްލްތައް ދޫކޮށްލުމަށް ފަހު އޭނާ ދެން ހުންނާނީ ހަމަ އެކަނި ޕްރިންސެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާގެ މަންމާފުޅު ރާނީ އެލިޒަބަތުގެ ފަރާތުން ލިބިފައިވާ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ބޭނުމެއް ނުކުރާނެއެވެ.

އެންޑްރޫ ވަނީ މީގެ ކުރިން އޭނާގެ ހިޒް ރޯޔަލް ހައިނެސް (އެޗްއާރްއެޗް) ޓައިޓްލް ބޭނުން ކުރުން ހުއްޓާލާ، ރަސްކަމުގެ ރަސްމީ ޙަފްލާތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ. މިހާރު އޭނާގެ ދައުރު އިތުރަށް ކުޑަވެގެންދާނެއެވެ.

އޭނާގެ ކުރީގެ އަނބިމީހާ ސާރާ ފަރގިއުސަން ގެ ނަމުގެ ކުރިއަށް އޮތް ޓައިޓްލް، ޑަޗެސް އޮފް ޔޯކް ބޭނުމެއް ނުކުރާނެއެވެ. ނަމަވެސް އެ ދެމީހުންގެ ދެ ދަރިން ޕްރިންސެސްގެ ޓައިޓްލް ދަމަހައްޓާނެއެވެ.

ޕްރިންސް އެންޑްރޫ ވަނީ އަގުވެއްޓިފައިވާ ވިޔަފާރިވެރިޔާ އެޕްސްޓީނާ ދެމެދު އޮތް ގުޅުމާ ގުޅިގެން ގިނަ ސުވާލުތަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ފަހަކަށް އައިސް، އޭނާ އެޕްސްޓީނާ ގުޅުން ކަނޑާލީ ހަޤީޤަތުގައި ކޮން އިރަކުތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.

ބީބީސީ ނިއުސްނައިޓްގެ އިންޓަވިއުގައި، ޕްރިންސް އެންޑްރޫ ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިއުޔޯކުގައި އެޕްސްޓީނާ އެކު ނެގި ފޮޓޯ ގެ ފަހުން އޭނާއާ ހުރިހާ ގުޅުމެއް ކަނޑާލިކަމަށެވެ.

ނަމަވެސް ފަހުން ހާމަވި 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އީމެއިލްތަކުން ދައްކާގޮތުގައި އެންޑްރޫ ވަނީ އަމިއްލަ ގޮތުން އެޕްސްޓީނާ ގާތް ގުޅުމެއް ބަހައްޓާފައެވެ.

ޕްރިންސް އާ ގުޅޭ ގޮތުން ދެމިގެންދާ މައްސަލަތަކާ ހެދި ބަކިންގަމް ޕެލަސްގައި ކަންބޮޑުވުން އިތުރުވަމުން ގޮސްފައިވެއެވެ.

ޕްރިންސް އެންޑްރޫޖެފްރީ އެޕްސްޓީންބަކިންހަމް ޕެލެސްޔޯކްގެ ޑިއުކްސާރާ ފަރގިއުސަންރާނީ އެލިޒަބަތު 2

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި

ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި

20 ނޮވެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް ރިލީޒްކުރުމަށް ބިލެއް ފާސް ކޮށްފި

އެމެރިކާގެ ކޮންގްރެސް އިން ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް ރިލީޒްކުރުމަށް ބިލެއް ފާސް ކޮށްފި

19 ނޮވެމްބަރު 2025
ޖިންސީ ކުށްވެރިޔާ އެޕްސްޓީން ފައިލުތަކުގައި ޓްރަމްޕް އާ ގުޅޭ ގޮތުން ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް ނެތް: އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް

ޖިންސީ ކުށްވެރިޔާ އެޕްސްޓީން ފައިލުތަކުގައި ޓްރަމްޕް އާ ގުޅޭ ގޮތުން ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް ނެތް: އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް

17 ނޮވެމްބަރު 2025
އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު

އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު

16 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު