Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަށް ސިޓީގެ ޑިފެންޑަރު ސްޓޯންސް ފިޓު

ގާޑިއޯލާ ބުނީ ޑޯޓްމަންޑު މެޗުގެ ކުރިން އޮތް ހުރިހާ ފަރިތަކުރުންތަކެއްގައި ސްޓޯންސް ބައިވެރިވި ކަމަށާއި، މެޗުގެ ސްކޮޑުގައި އޭނާ ހިމެނޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2022 | ބުދަ 08:06
ސްޓޯންސް އަދި ގާޑިއޯލާ

ސްޓޯންސް އަދި ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަށް މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ފިޓުވެއްޖެއެވެ.

އިނގިރޭސި ޑިފެންޑަރަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގެ ކުރިން، ޕްރިމިއަރ ލީގުގައި ސިޓީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ސިޓީން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓޯންސް ނުކުޅެއެވެ.

ޑޯޓްމަންޑު މެޗުގެ ކުރިން އޮތް ޕްރެސްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އަނިޔާއިން ރަނގަޅުވެ ސްޓޯންސް މިހާރު ޓީމާ ގުޅިއްޖެ ކަމަށެވެ. ގާޑިއޯލާ ބުނީ ކުރިއަށް މުހިންމު މެޗުތަކެއް އޮއްވާ، ކުރު މުއްދަތެއްގައި އަނިޔާ އިން ރަނގަޅުވެ ސްޓޯންސް އެނބުރި އައުމުން ހިތްހަމަ ޖެހޭ ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ ޑޯޓްމަންޑު މެޗުގެ ކުރިން އޮތް ހުރިހާ ފަރިތަކުރުންތަކެއްގައި ސްޓޯންސް ބައިވެރިވި ކަމަށާއި، މެޗުގެ ސްކޮޑުގައި އޭނާ ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ ސިޓީގެ ސްޕެއިންގެ ފުލްބެކް އައިމެރިކް ލަޕޯޓޭ އާއި އިނގިރޭސި ރައިޓް ބެކް ކައިލް ވޯކާގެ އެންމެ ފަހުގެ މައުލޫމާތު ވެސް ދީފައެވެ. ގާޑިއޯލާ ބުނީ މި ދެ ކުޅުންތެރިންގެ ތެރެއިން ލަޕޯޓޭ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ކަމަށާއި، ނަމަވެސް އޭނާ މުޅިން އެއްކޮށް ފިޓު ނޫން ކަމަށެވެ. އަދި ވޯކާ ހުރީ އަދިވެސް އަނިޔާގައި ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމު ވެސް ވަނީ މޮޅުވެފައެވެ. އެހެންކަމުން ގްރޫޕްގެ އެއް ވަނަ ހޯދުމަށް މި މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީޖޯން ސްޓޯންސް

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2026

ސިޓީގައި ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެން، މުސާރަ ވެސް "ވަރަށް ބޮޑު"

03 ޖެނުއަރީ 2026
ސިޓީގައި ގާޑިއޯލާ ހުރީ ހިތްހަމަ ޖެހިގެން، މުސާރަ ވެސް "ވަރަށް ބޮޑު"
28 ޑިސެމްބަރު 2025

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި
18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު