Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު ހައްދަވާ ދޮގުތައް

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

ރައީސް ޔާމީން ފެންނަ ކޮންމެ ފަހަރަކީ މުއިއްޒުގެ އޮޅުވާލުމައި ނުލަފާކަމާއި، ވީ ބޭވަފާތެރިކަން ފެންނާނެ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2024 | ބުދަ 08:37
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް

ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅުގެ ފަރާތުން އެމަނިކުފާނަށް ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޕިއެންއެފް ފްރަންޓް އޮފިސް ޖަލްސާފައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އިންތިހާބުން ފެށިގެން މިއަދާ ހަމައަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތަކުން ފެނިގެން ދިޔައީ އެއް މަންޒަރެއް ކަމަށެވެ. ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސްވެސް އެކި ވާހަކަތައް ދެއްކެވި ކަމަށާއި، މަޖިލިސް އިންތިހާބުގައިވެސް ފެނިގެންދިޔައީ އެ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

ޖަމީލް ވިދާޅުވީ ޕީޕީއެމް 5 އަހަރު ތެރޭގައި ކުރި މަސައްކަތުގައި ހިމެނިގެން ދިޔައީ ރާއްޖޭގެ ސިޔާދަތަށް އޮތް ގޮންޖެހުމުގެ ވާހަކައާއި ގެއްލިގެން އުޅުނު ކަނޑުގެ މައްސަލަ ކަމަށެވެ. ރައީސް މުއިއްޒަކީ މިފަހުން ފެނުނު އެންމެ ވިޔާނުދާ ވެރިޔާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ މިހާރު މި ފެންނަ މަންޒަރަކީ އެއްވެސްގޮތަކަށް ތަސައްވުރުކުރި މަންޒަރެއް ނޫން ކަމަށާއި، މީހަކު މިވަރަށް ނުބައިވެ، ދޮގުހަދާ، މީހަކު މިވަރަށް ދެ މޫނުގެ ވެރިޔަކަށް ވެދާނެކަމަށް އަދި ބަހާއި އަމަލާއި ދިމާނުވެދާނެކަމަށް ތަސައްވުރު ނުކުރެވޭ ކަމަށެވެ.

ވެރިކަން ކުރެއްވި ރައީސުންނަށް އިޝާރާތްކުރައްވާ ޖަމީލް ވިދާޅުވީ ރައީސް މައުމޫނަކި މިއަދުވެސް ރާއްޖޭގައި ތިބި އަރަބި ބަސް ދަންނަ ބޭޅުންގެ ތެރެއިން މޮޅު 3 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށެވެ. އެއީ އެ ދާއިރާއިން ދީނީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި ރައީސެއް ކަމަށާއި، ރައީސް މައުމޫނަށް ލިބިވަޑައިގެން ހުންނެވި ތައުލީމާއި، ރާއްޖޭގެ ހާލަތާއި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ރައީސް މައުމޫން ކީރިތި ގުރުއާނާއި ހަދީސްތަކުން ދަލީލު ނަންގަންވަމުން ގެންދެވިކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެއްވެސް ބޭފުޅަކު އާޔަތެއް ހަދީސެއް ކިޔާތީ އުނދަގޫވެގެން އުޅެނީ ނޫން ކަމަށާއި، ނަމަވެސް މުއިއްޒަކީ އަރަބި ކަލާމުގެ މަދުރަސާއެއްގެ ދަށުންވެސް ހިންގެވި ބޭފުޅެއް ނޫން ކަމަށާއި، ވަޑައިގެންނެވީ މަޖީދިއްޔާ އަދި އޭގެ ފަހުން އިނގިރޭސިވިލާތަށް ކަމަށެވެ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ޑީއެންއޭ ގައިގައި ހިނގާތީ ކީރިތި ގުރުއާން ވާރުތަވާކަމުގައިވާނަމަ މުދަލާ އެހެން އެއްޗެހިވެސް ދޮން މަންމައަށް ވާރުތަވާންޖެހޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ ބަހާއި އަމަލާއި ދިމާނުވާ ވެރިޔަކު އައިސް، މިއަދު އިންޑިއާއަށް ގޮސް އެ ދައްކާ ވާހަކަތަކަކީ އެކަމުގެ އެއް ހެކި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑރ. މުޙައްމަދު ޖަމީލް އަޙުމަދުކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު