Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި ބަޔާނުން ބާސެލޯނާ ބަލިކޮށްފި

14 ސެޕްޓެމްބަރު 2022 | ބުދަ 02:03

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމުން ކާމިޔާބުކުރީ 0-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2022 | ބުދަ 02:03
ބަޔާން އަދި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން

ބަޔާން އަދި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ ދެ ވަނަ މެޗުގައި ބަޔާން މިއުނިކުން ބާސެލޯނާ ބަލިކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި ފުޓުބޯޅަ މެޗުން އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ. މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގައެވެ. މި މޮޅާއެކު ބަޔާނުން ވަނީ ގްރޫޕް ސީގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މީގެ އިތުރުން ވެސް ބާސެލޯނާގެ ޕެޑްރީ އާއި ރަފީނިއާ އަށް ވެސް ވަނީ ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލޫކަސް ހެނާންޑޭޒްއެވެ. އެއީ ކޯނަރެއްގައި ޔޯސުއާ ކިމިކް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އެ ލަނޑުޖެހިތާ ހަތަރު މިނެޓު ފަހުން ބަޔާނުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ލެރޯއި ސާނޭ ޖެހީ ޖަމާލް މުސިއާލާ ކުރި އެސިސްޓަކުންނެވެ.

މެޗުން މޮޅުވެ ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ބަޔާން އޮތީ ގްރޫޕްގެ އެއްވަނަ މަގާމުގައެވެ. ދެ ވަނަ މަގާމުގައި އޮތީ ތިން ޕޮއިންޓާއެކު ބާސެލޯނާއެވެ. ދެވަނަ މަގާމުގައި އޮތް އިންޓަ މިލާނަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ބާސެލޯނާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ގްރޫޕްގެ ފުލުގައި އޮތީ ވިކްޓޯރިއާ ޕްލެޒެންއެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާބަޔާން މިއުނިކް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް