Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާނާ ދެކޮޅަށް ބާސެލޯނާގައި އޮތް ތާރީޚު ބަދަލުކުރަން ޒަވީ ހުރީ ތައްޔާރަށް

އެންމެ ފަހުން ބަޔާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގިނަ ކަންކަން ބަދަލުވެފައިވާކަމަށާއި، ކުޅުންތެރިންގެ މެންޓާލިޓީގެ ބަދަލު ޒަވީ ފާހަގަކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 04:12
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު، އެ ޓީމާ ދެކޮޅަށް ބާސެލޯނާގައި އޮތް ތާރީޚު ބަދަލުކުރަން ތައްޔާރަށް ހުރި ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

އެންމެ ފަހުން ބަޔާނާ ދެކޮޅަށް ކުޅުނު ހަތަރު ފުޓުބޯޅަ މެޗުން ވެސް ބާސެލޯނާ ވަނީ ބަލިވެފައެވެ. އެންމެ ފަހުން ބަޔާނާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ބަޔާންގެ ދަނޑުގައި މިހާތަނަށް ބާސެލޯނާ އަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ނަމަވެސް ބާސެލޯނާގެ ކޯޗު ޒަވީ ޤަބޫލުކުރާ ގޮތުގައި އެ ތާރީޚު ބަދަލު ކުރެވޭނެ ފެންވަރު މިހާރު ބާސެލޯނާގައި އެބަ އޮތެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު ބާސެލޯނާ އޮތީ ބަޔާނާ ދެކޮޅަށް ތައްޔާރަށް ކަމަށް ވެސް ޒަވީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒަވީ ބުނީ ކުރިއާ ބަލާއިރު، އެތައް ކަމެއް މިހާރު ބަދަލުވެފައިވާ ކަމަށެވެ. ޚާއްސަކޮށް އެންމެ ފަހުން ބަޔާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގިނަ ކަންކަން ބަދަލުވެފައިވާކަމަށާއި، ކުޅުންތެރިންގެ މެންޓާލިޓީގެ ބަދަލު ޒަވީ ފާހަގަކުރިއެވެ. ޒަވީ ބުނީ މިއީ ބާސެލޯނާ ކަމަށް އޭނާ ކުޅުންތެރިން ގާތު ބުނާ ކަމަށާއި، ޓީމުގެ ފެންވަރު ދައްކަން ޖެހޭ ކަމަށެވެ. ކުޅުންތެރިންގެ މެންޓާލިޓީއަށް އައި ބަދަލާއެކު، ބާސެލޯނާއަށް އެންމެ އުސް ފެންވަރު ދެއްކޭނެ ކަމަށް ޒަވީ ޤަބޫލުކުރެއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ އަލަށް ގެނައި ކުޅުންތެރިންނާއި، މި ސީޒަންގެ މިހާތަަނަށް ޓީމު ހޯދާފައިވާ ކާމިޔާބުތަކުން ވެސް ވަރަށް ބޮޑު ކޮންފިޑެންސްއެއް ލިބޭ ކަމަށެވެ. އަދި ޒަވީ ބުނީ ބާސެލޯނާ އޮތީ ރަނގަޅު ރޫޙެއްގައި ކަމަށާއި، ބަޔާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ތާރީޚު ބަދަލުކުރުމަކީ ޓީމަށް ކުރެވޭނެ ކަމެއް ކަމަށެވެ.

މި ސީޒަންގައި ބާސެލޯނާ އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޓްރާންސްފާ މާކެޓުގައި އެ ޓީމުން ހޯދި ކުޅުންތެރިންނާއެކު ބާސެލޯނާ އޮތީ ވަރުގަދަ ކޮށެވެ. ޚާއްސަކޮށް ބަޔާން ދޫކޮށް ބާސެލޯނާއަށް ބަދަލުވި ލެވަންޑޯސްކީ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޒަވީ ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ލެވަންޑޯސްކީ ބާސެލޯނާގެ ސްޓައިލަށް ފިޓުވެއްޖެ ކަމަށާއި، އޭނާއާ މެދު އިތުބާރު އޮންނަ ކަމަށެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާބަޔާން މިއުނިކްޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު