Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

އޮޅުމަކުން ވެސް ލެވަންޑޯސްކީއަށް ބޯޅަ ނުދިނުމަށް މާނޭ އަހަރެން ގާތު ބުނި: މުލާ

ބަޔާން ދޫކޮށް ބާސެލޯނާއަށް ބަދަލުވުމަށްފަހު، ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ލެވަންޑޯސްކީ ކުޅޭނީ އަންގާރަ ދުވަހުގެ ރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2022 | އަންގާރަ 03:04
ލެވަންޑޯސްކީ އަދި މުލާ އެކުގައި ބަޔާނަށް ކުޅުނު ދުވަސްތަކުގެ ތެރެއިން

ލެވަންޑޯސްކީ އަދި މުލާ އެކުގައި ބަޔާނަށް ކުޅުނު ދުވަސްތަކުގެ ތެރެއިން

އޮޅުކަމަކުން ވެސް ރޮބާޓް ލެވަންޑޯސްކީއަށް ބޯޅަ ނުދިނުމަށް ސާޑިއޯ މާނޭ އޭނާ ގާތު ބުނި ކަމަށް ބަޔާން މިއުނިކްގެ ތަރި ތޯމަސް މުލާ ބުނެފިއެވެ.

މުލާ މިހެން ބުނެފައިވަނީ ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށްފަހު ލެވަންޑޯސްކީ ބަޔާން ދޫކޮށް، ބާސެލޯނާއަށް ބަދަލުވުމާ ގުޅިގެންނެވެ. ލެވަންޑޯސްކީ ބަޔާންގައި ހުރި ދުވަސްވަރު، މި ދެ ފުޓުބޯޅަ ކުޅުންތެރިންނަކީ ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް އޮތް ދެ ކުޅުންތެރިންނެވެ. ބަޔާން ދޫކޮށް ބާސެލޯނާއަށް ބަދަލުވުމަށްފަހު، ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ލެވަންޑޯސްކީ ކުޅޭނީ އަންގާރަ ދުވަހުގެ ރޭއެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައެވެ.

އެ މެޗުގެ ކުރިން މުލާ ބުނީ ފާއިތުވި 10 ވަރަކަށް ދުވަހު މާނޭ އޭނާ ގާތު ބުނަމުން އައީ ލެވަންޑޯސްކީއަށް ބޯޅަ ޕާސް ނުކުރުމަށެވެ. އަދި އެއީ މާނޭ ޖޯކެއްގެ ގޮތުގައި ދައްކާ ވާހަކައެއް ކަަމަށް ވެސް މުލާ ބުންޏެވެ. މީގެ އިތުރުން މުލާ ބުނީ، ބާސެލޯނާއާ ދެކޮޅަށް މުހިންމީ ބަޔާންގެ ގޭމް ކުޅެން ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާއިން މި ސީޒަންގައި ކުޅެމުން އަންނަ ކުއްލި ކައުންޓަ އެޓޭކާ ދެކޮޅަށް، ބަޔާންގެ ގޭމް ކުޅެން ޖެހޭ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މުލާ ބުނީ ލެވަންޑޯސްކީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، ލެވަންޑޯސްކީގެ ގޭމް ކުޅުމުގެ ފުރުސަތު ބަޔާނުން އޭނާ އަށް ދީގެން ނުވާނެ ކަމަށެވެ. މުލާ ފާހަގަ ކުރި ގޮތުގައި ލެވަންޑޯސްކީ އަކީ އޭރިޔާ ބޭރުން އަދި އެތެރޭގައި ވެސް ނުރައްކާތެރި ކުޅުންތެރިޔެކެވެ. މުލާ ބުނީ ލެވަންޑޯސްކީ އަށް ޝޫޓު ކުރުމުގެ ފުރުސަތު ނުދީ، ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ބަޔާންގެ ދަނޑުގައި ބާސެލޯނާއިން އެ ޓީމާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ބަޔާން މިއުނިކްބާސެލޯނާތޯމަސް މުލާރޮބަރޓް ލެވަންޑޯސްކީސަޑިއޯ މާނޭ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު