Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ނެޓުބޯޅަ މުބާރާތް

އޭޝިއަން ނެޓުބޯޅަ މުބާރާތުން ރާއްޖެއަށް ހަތްވަނަ

ފަހު މެޗުގައި ބުރުނާއީ އަތުން ރާއްޖެ ބަލިވެފައިވަނީ 42-51 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2022 | ހޯމަ 07:01
ރާއްޖެއިން ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ރާއްޖެއިން ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އޭޝިއަން ނެޓުބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފަހު މެޗުން ބަލިވެއްޖެއެވެ.

ފަހު މެޗުގައި ރާއްޖެ ވާދަކޮށްފައިވަނީ ބުރުނާއީއާއެވެ. އެ މެޗުން ބަލިވުމާއެކު ރާއްޖެއަށް ވަނީ އޭޝިއާ ސަރަހައްދުގެ ހަތް ވަނައެވެ.

ފަހު މެޗުގައި ބުރުނާއީ އަތުން ރާއްޖެ ބަލިވެފައިވަނީ 42-51 އިންނެވެ. ކުރީ މެޗާއި އެއްގޮތަށް މި މެޗުގެ ފުރަތަަމަ ކުއާޓާއިން ފެށިގެން ބުރުނާއީ ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ލީޑު ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ދެ ކުއާޓާގައި ބުރުނާއީއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ޖުމުލަ ގޮތެއްގައި މުބާރާތުގައި ރާއްޖެއިން ވަނީ އުންމީދީ ކުޅުމެއް ދައްކާފައެވެ.

ރާއްޖެއަށް ހަތްވަނަ ލިބުނު އިރު، ހަވަނަ ހޯދީ ބުރުނާއީއެވެ. އަދި ފަސްވަނަ ހޯދީ ފިލިޕީންސްއެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓާގެޓަކަށްވީ ގަދަ އަށަކުން ޖާގަ ހޯދައި، އޭޝިއަން އިންޑޯ ގޭމްސްއަށް ކޮލިފައިވުމެވެެ. ރާއްޖެއިން ވަނީ އެ ޓާގެޓަށް ވާސިލްވެފައެވެ.

މި މުބާރާތުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ސްރީލަންކާއެވެ. ލަންކާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސިންގަޕޫރު ބަލިކޮށްގެންނެވެ. އެއާއެކު ސްރީލަންކާ އާއި ސިންގަޕޫރު ވަނީ ނެޓުބޯޅަ ވޯލްޑް ކަޕުން ޖާގަ ހޯދާފައެވެ. މުބާރާތް އޮންނާނީ އަންނަ އަހަރު ސައުތު އެފްރިކާގައެވެ.

ޖުމުލަ 11 ޤައުމަކުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. އެއީ ރާއްޖެ، ސްރީލަންކާ، އިންޑިއާ، ސިންގަޕޫރް، މެލޭޝިއާ، ފިލިޕީންސް، ޖަޕާން، ޗައިނީސް ތައިޕޭ، ބުރުނާއި، ހޮންކޮންގ އަދި ތައިލެންޑެވެ.

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2022

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

10 ސެޕްޓެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި
08 ސެޕްޓެމްބަރު 2022

ދެވަނަ މެޗުގައި ބުރުނާއީ އަތުން ބަލިވިނަމަވެސް، ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި

08 ސެޕްޓެމްބަރު 2022
ދެވަނަ މެޗުގައި ބުރުނާއީ އަތުން ބަލިވިނަމަވެސް، ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި
14 އޮކްޓޯބަރު 2021

ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓު އިތުރަށް ތަރައްގީކުރަނީ

14 އޮކްޓޯބަރު 2021
ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓު އިތުރަށް ތަރައްގީކުރަނީ
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު