Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއިން އޭޝިއަން އިންޑޯރ ގޭމްސްއަށް ކޮލިފައިވެފައިވާތީ މަރުހަބާ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 11:56
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޓީމާ ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޓީމާ ބައްދަލުކުރެއްވުމުގެ ތެރެއިން

މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ޓީމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނެޓްބޯޅަ ޓީމާ ބައްދަލުކުރައްވާފާއިވަނީ މިހާރު އެމަނިކުފާނު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޓީމާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުޅުންތެރިންނަށް ހިތްވަރުދެއްވައި، ކާމިޔާބަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖެއިން އޭޝިއަން އިންޑޯރ ގޭމްސްއަށް ކޮލިފައިވެފައިވާތީ މަރުހަބާ ވިދާޅުވެފައެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް ރާއްޖެއިން ވަނީ ޖަޕާން ބަލިކޮށް، އޭޝިއަން އިންޑޯރ ގޭމްސްއަށް ކޮލިފައިވެފައެވެ. ދެ ވަނަ ބުރުގައި ރާއްޖެއިން ވަނީ މިހާތަނަށް ދެ މެޗެއްވެސް ކުޅެފައެވެ. ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 59-41ންނެވެ. އަދި ދެވަނަ މެޗުގައި ބުރުނާއި އަތުން ބަލިވީ 50-40ންނެވެ. ދެ މެޗުން ބަލިވި ނަމަވެސް ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގައި ރާއްޖެއަށް ބާކީ އޮތީ ދެ މެޗެވެ. އެސީ ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި ބުރުނާއީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޖުމުލަ 11 ގައުމަކުން ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 11އާ ހަމައަށެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ: ރާއްޖެ، ސްރީލަންކާ، އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ، ފިލިޕީންސް، ޖަޕާން، ޗައިނީސް ތައިޕޭ، ބުރުނާއި، ހޮންގކޮންގ އަދި ތައިލެންޑެވެ.

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު