Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ވ.އާރަށުގެ އަގު 5 މިލއަން ޑޮލަރުން 2 މިލިއަން ޑޮލަރަށް ބަދަލުކުރީ ރައީސް ޔާމީން އަންގަވައިގެން

ޔާމީން އަދީބަށް ފޯނުން ގުޅުއްވައި ޔޫސުފް ނައީމަށް އެ ރަށް ބަދަލު ކުރަން އެންގެވި

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 05:23
ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު - ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު - ޔާމީންގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އަހުމަދު އަދީބު ހެކިބަސްދެއްވަމުން ވ.އާރަށުގެ އަގު ކުޑަކޮށްފައިވަނީ ރައީސް ޔާމީންގެ އެންގެވުމުންކަމަށް ވަނީ ވިދާޅުވެފައެވެ. 

ވ.އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. 

މި މައްސަލާގައި ހެކިބަސްދެމުން އޭރުގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ވިދާޅުވެފައިވަނީ އެރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުންޓޫރިޒަމްގެ މިނިސްޓްރީގެ ދަށަށް ބަދަލުކުރީވެސް ޔާމީންގެ އެންގެވުމަަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ދިނުމަށް ޔާމީން ބޭނުންފުޅު ވެގެންކަމަށެވެ.

ދައުލަތުން ޔާމިންގެ މައްޗަށް ދަޢުވާކުރާ ހިޔާނާތްތެރިވުމާއި މަނީލޯންޑަރިން މައްސަލައިގެ ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވެފައިވަނީ އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު އެބަތިބި ކަމަށާއި އެރަށް ލިބިއްޖެއްޔާ އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް އޭނާގެ ގާތު ބުނި ކަމަށެވެ. އޭރު އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށް ވާތީ އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އޭރު ވިދާޅުވެފައިވާނެ ކަމަށެވެ. 

އަދި ޔާމީން އަދީބަށް ފޯނުން ގުޅުއްވާ ޔޫސުފް ނައީމަށް އެ ރަށް ބަދަލު ކުރަން ވިދާޅުވިކަމަށާއި އެރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީވެސް ޔޫސުފް ނައީމް އެރަށް ބޭނުންވާތީ ބުނެގެން ކަމަށްވެސް ޔާމީން ވިދާޅުވިކަމަށް އަދީބް ވިދާޅުވެފައިވެއެވެ. 

ވ.އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ކުއްޔަށް ދޭން ފުރަތަމަ ނިންމީ ފަސް މިލިއަން ޑޮލަރަށް ކަމަށްވެސް އަދީބް ކްރިމިނަލް ކޯޓުގައި ހެކިބަސްދެއްވަމުން ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކުރަން ޔާމީން އެންގެވިކަމަށާއި އަދި ފަހުން ރަށުގެ އެއްބަސްވުމުގައި ސޮއިކުރަން ގާތްވެފައި އޮއްވައި އެ އަގު ދެ މިލިއަން ޑޮލަރަށް ކުޑަކުރަން ޔާމީން އެންގެވެމުން އެގޮތަށް އަމަލުކުރެއްވީ ކަމަށް އަދީބު ވިދާޅުވެފައިވެއެވެ. އަދި އެރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރ ދިންކަމަށް ޔޫސުފް ނައީމް އޭނާ ގާތު ބުނިކަމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ. 

އަދީބު ހެކިބަސްދެއްވަމުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކަށް ބަލާއިރު، އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ކުރިން އޮތް ރަށެއް އަތުލާއިރު ބަދަލު ދިނުމުގެ ކަންކަން ހަމަޖައްސަން އާންމުކޮށް ތިން މަހެއްހާ ދުވަސް ނަގާ ކަމަށާއި ނަމަވެސް އާރަށުގެ ކަންތަކުގައި ހުރިހާ ކަމެއް ނިމިގެން ދިޔައީ ވަރަށް އަވަހަށް ކަމަށް ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި ދައުވާކުރަމުން ޝަރީއަތުގައި ދަޢުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު  ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައި ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނޯޓް: މަތީގައިވާ ވީޑިއޯއަކީ، ވ. އާރަށު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ހެކިބަސް ނެގުމަށް، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯއެވެ. މި ވީޑިއޯގެ 2 ގަޑި އިރާއި 41 ވަނަ މިނެޓުން ފެށިގެން ފެންނާނީ އަދީބުގެ ހެކިބަހެވެ.

އަޙުމަދު އަދީބުކުރީގެ ރައީސް ޢަބްދުﷲ ޔާމީންއާރަށު ޚިޔާނާތް

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
22 ސެޕްޓެމްބަރު 2025

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ
02 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
27 އޮކްޓޯބަރު 2024

"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

27 އޮކްޓޯބަރު 2024
"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު