Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

އެމްއެމްޕީއާރުސީީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބްރައީސް އަދީބަށް އަބްދުއްރަހީމް ގުޅުއްވާފައިވަނީ އޭނާގެ ދާއިރާގައި ތިބި ވަރަށް ވަރުގަދަ ދެ އާއިލާއެއް ޕީޕީއެމަށް އަނބުރާލަން "އެތިކޮޅެއް" ބޭނުންވާ ކަމަށް ބުނެއެވެ. އެއިރު އެވާހަކަތައް ދޮގުކުރިނަމަވެސް އޭސީސީން މިއުޅޭގޮތަކުން "އެތިކޮޅެއް" ގެ ވާހަކައާއި މެދު ސުވާލު އުފެދެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 14:40
މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ކުރީގެ ނައިބުރައީސް އަދީބު

މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ކުރީގެ ނައިބުރައީސް އަދީބު

އެމްއެމްޕީއާރްސީން ޚިޔާނާތްތެރިވީ ފައިސާގެ ތެރެއިން އޭރާއި މިހާރުގެ ސަރުކާރުގައި ތިއްބެވި އިސްވެރިންނަށާއި، މަޖިލިސް މެންބަރުންނަށާއި، ފަނޑިޔާރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންތަކަކަށް މަންފާ ވެފައިވާކަމީ ފޮރުވޭނެ ހަގީގަތެއް ނޫންނެވެ. ނަމަވެސް ތުހުމަތުކުރެވޭ ކޮންމެ ފަހަރަކު އެކަމާއި ދެކޮޅު ހަދައެވެ. އެންމެ ކުރީގައި ހިމެނެނީ އެންމެ އަޑުގަޑަ ސިޔާސީ އިސް ފަރާތްތަކެވެ.

ދާދިފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ގުޅުވައި މިފަދަ ވާހަކަތަކެއްވެސް ފެތުރުނެވެ. އަދި މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ނަމަވެސް އެމްއެމްޕީއަރުސީ ކޮރަޕްޝަން މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި އެ މައްސަލަ ބަލާނެ ކަމަށާއި އެ މައްސަލައިގައި ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ނަންވެސް މި ލިސްޓުގައި އޮތްކަމަށް ދެކެވޭ ވާހަކަތަށް ބާރުލިބޭ އިތުރުކަންކަންވެސް މިދަނީ އެނގި ހާމަވަމުންނެވެ.

މީގެ ކުރިން ހާމަވެފައިހުރި ކަންތައްތަކަށް ބަލާއިރު، އަބްދުލްރަހީމް އަބްދުﷲ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް އެމްއެމްޕީއާރުސީ މައްސަލައިގައި ސުވާލުކުރެވުނެވެ. 300 މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކާއި ސުވާލުކުރި އިރު އަބްދުއްރަހީމާއި ވެސް ސުވާލުކުރިއެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް އެވާހަކަތައް ދޮގުކުރިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ކެމްޕޭނަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޭދަކުރެއްވި ކަަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް "އެތިކޮޅެއް" ހޯދަން އަދީބުގެ އަރިހުން އެދިވަޑައިގެންފައިވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި 2017 ގައި ލީކުވިއެވެ.

އެ އޯޑިއޯ އިން އެނގޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ފޮނަދޫގައި ހުންނަވައިގެންނެވެ. އޭނާގެ ދާއިރާގައި ތިބި ވަރަށް ވަރުގަދަ ދެ އާއިލާއެއް ޕީޕީއެމަށް އަނބުރާލަން "އެތިކޮޅެއް" ބޭނުންވާ ކަމަށް އެ އޯޑިއޯގައި އަބްދުރަހީމް ވިދާޅުވެއެވެ. ނަމަވެސް އެ "އެތިކޮޅެއް" އެއީ ކޯއްޗެއްކަމެއް އެއިރު ސާފެއް ނުވެއެވެ. ނަމަވެސް އަނެއްކާވެސް ބުރަދަން ހުރި އިތުރުވާހަކަތެއް މިވަނީ ތިލަވާން ފަށާފައެވެ.

މިފަދައިން ދަންނަވަން މިޖެހުނީ އޭސީސީން ދެފައި އެއްތާކު މަޑުނުވެ ދެފަޔަށް ހިނިއަރައިގެން އުޅޭތީއެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ދޫކޮށްލި އޭސީސީގެ ރިޕޯޓެއްގެ ބައެއްކަމަށް ބުނާ ލިޔުމެއްގައި ނިކަން ވާހަކަ އެބަހުއްޓެވެ.

މި ލިޔުމުގައިވަނީ މެންބަރުން ބޭނުންކުރަންޖެހޭ ކަމަށް ބުނެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ބުނފައިވާ ބުނުމެއްގެ ވާހަކައެވެ. އެގޮތުން މަޖިލިސް މެންބަރު ލ. ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެމްއެމްޕީއާރުސީގެ ފައިސާ ނަގުދު ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭތީވެ، އަބްދުއްރަހީމްގެ އާއިލާ މީހުންނާއި، އެފަރާތްތައް ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ފައިސާ ބަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން އެފަރާތަތްކުގެ އިންޓެލިޖެންސް މައުލޫމާތު ހޯދުމަށް އެދުމަށް އަބްދުއްރަހީމް އަކީ މައްލައިގެ ސިއްރު ހެއްކެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭ ފަރާތެއްކަމަށް ބުނެ އެ ފައިސާ ގޮސްފައިވާ ގްރާސް ރޫޓް ހޯދުމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް މެދުވެރިކޮށް ފުލުހުން އެހީތެރިކަމަށް އެދުމުން އެހީތެރިކަން ދިނުމަށް އެކިއެކި ސަބަބުތައް ދައްކާ އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މި ލިޔުމުގައި ބުނެފައިވަނީ އަބްދުއްރަހީމްގެ މައްޗަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާކަން މުތުލަކަށް ޔަގީނާ ގާތަށް އެގެން އޮތްނަމަވެސް ދައުވާ ނުކުރުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުހައްމަދު ރިޔާޒު ވިދާޅުވެފައިވާ ކަމަށް ވެސް މި ލިޔުމުގައިވެއެވެ.

ކޮންމެއަކަސް މި ލިޔުމަކީ އޭސީސީގެ ރިޕޯޓުގެ ބައެއްކަން ޔަގީންކަމާއެކު ބުނެވިދާނެއެވެ. ސަބަބުތަކެއްވެސް ހުރުމުންނެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރުސީ ތަހުގީގު ބަޔާނުގެ ސަފުހާއެއް ކަމަށް ބުނެ ތޮއްޔިބު މިދިޔަ އޮގަސްޓް މަހު އެކްސްގައި ހިއްސާކުރި މައުލޫމާތާއި ގުޅިގެން އޭސީސީން އެދިގެން ފުލުހުން އެނާ ހާޒިރުކޮށް ބަޔާން ނެގުމެވެ. އަދި އޭސީސީން މިކަން ދޮގުވެސް ނުކުރެއެވެ.

ތޮއްޔިބު ބުނެފައިވަނީ އޭނާ ފުލުހަަށް ހާޒިރުކޮށް ބަޔާން ނެގީ އެ މައްސަލަ އޭސީސީން ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ.

ތޮއްޔިބު ލީކު ކުރި ލިޔުމަކީ އޭސީސީގެ އެއްޗެއް ނޫންކަމަށް އޭރު ބުނި ނަމަވެސް، އޭސީސީން ދެއްކި ވާހަކައިގެ ބުރަދަނެއް ނެތެވެ. އޭސީސީގެ ލިޔުމެއް ނޫން ނަމަވެސް އޭސީސީން މި މައްސަލައިގައި ތެޅިފޮޅެންވީ ސަބަބެއްވެސް ނެތެވެ. އޭސީސީން މި މައްސަލައިގައި ލޮލަށް ނިދި ނައިސް މިކަންކަން ފޮރުވަން މަސައްކަތް ކުރާކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަޙުމަދު އަދީބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
މަޖިލިސް ހިންގަންވީ ގޮތް ފަލާހު، އަދުރޭއަށް ކިޔައިދޭން ޖެހުނީމާ ފެނި ހާމަވަނި އަދުރޭގެ އެއްވެސް އާރެއް ބާރެއް ނެތްކަން

މަޖިލިސް ހިންގަންވީ ގޮތް ފަލާހު، އަދުރޭއަށް ކިޔައިދޭން ޖެހުނީމާ ފެނި ހާމަވަނި އަދުރޭގެ އެއްވެސް އާރެއް ބާރެއް ނެތްކަން

17 ފެބުރުއަރީ 2025
އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި

އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު