Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭންޑް ޔޫސް ޕްލޭން

ލޭންޑް ޔޫސް ޕްލޭންތަކުގައި ހުންނަ ކަންކަން ރަނގަޅުކުރުމަށް ކޮންޑިޝަނަލް އެޕްރޫވަލްއެއް ދެނީ

ލޭންޑް ޔޫސް ޕްލޭންގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 16:07
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް

ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް

ރަށްރަށުން ހުށަހަޅާ ލޭން ޔޫސް ޕްލޭން ތަކުގައި ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމަށް "ކޮންޑިޝަނަލް އެޕްރޫވަލް" އެއް ނުވަތަ ޝަރުތު ތަކަކާއެކު ހުއްދަ ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނުގެ މަސައްކަތަކީ ޒަމާންތަކެއް ވަންދެން ނުނިމި އޮތް މަސައްކަތެއް ކަމަށެވެ.

ލޭންޑް ޔޫސް ޕްލޭންގައި ބައެއް ކަންކަން ހިމެނުމަށް ގާނޫނުން ލާޒިމުކުރާ ކަމަށާއި، އޭގެ ތެރޭގައި އެ ރަށެއްގައި ހުރި ރުށްގަސް ގުނަންޖެހުން ފަދަ ކަންކަން ހިމެނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވާ މައިގަނޑު ކަންކަން ރަނގަޅުވިޔަސް ރަނގަޅުކޮށްލަންޖެހޭ ކުދި ކުދި ކަންކަން ހުންނަ ކަމަށާއި، އެކަންކަން ފާހަގަކުރުމަށްފަހު ރަނގަޅުކުރުމަށް ކައުންސިލަށް ހުށަހަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ކޮންޑިޝަނަލް އެޕްރޫވަލްއެއްގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާ ނުނިމުމުގެ ސަބަބުން ރަށްރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ. އެހެންކަމުން ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގިނަ މައްސަލަތަކެއް ކައުންސިލްތަކުން ވަނީ ވިއަވަތި ކޮންފަރެންސަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި ފަންނީ މީހުން ނެތުމާއި، ވަސީލަތް މަދުވުމާއި، ބަޖެޓް ނެތުމާއި އަދިވެސް މިނޫން ގިނަ މައްސަލަތަކެއްވެސް ކައުންސިލްތަކުން ހުށަހަޅާފައިވެއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

30 އޯގަސްޓު 2023

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް
29 އޯގަސްޓު 2023

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް
08 އޯގަސްޓު 2023

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް
27 ޖޫން 2023

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި
26 ޖޫން 2023

ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

26 ޖޫން 2023
ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު