Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތަނުގެ ފެންބޮޑުވުމުގެ ކާރިސާ

"ޕާކިސްތަނުގެ ފެންބޮޑުވުމުގެ ކާރިސާއަކީ މޫސުމީ ބަދަލާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ކާރިސާ"

ކާރިސާއިން އަރައިގަތުމަށް މުއްސަނދި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 02:55
ޕާކިސްތަނުގައި ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތަނުގައި ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތަނުގެ ފެންބޮޑުވުމުގެ ކާރިސާއަކީ މޫސުމީ ބަދަލާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ކާރިސާ ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް 1400ށްވުރެން ގިނަ މީހުން މަރުވެފައިވާއިރު އެއް މިލިއަނަށްވުރެން ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.

ޕާކިސްތަނުގެ ކަރާޗީއަށް ވަޑައިގެން ދެވަނައަށްވީ ދުވަހު ގުޓަރެސް ވިދާޅުވީ ދުނިޔޭގައި ހިނގި ވަރަށް ގިނަ އިންސާނީ ކަރިސާތައް ދެކެވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް މިފަދަ ކާރިސާއެއް އަދި މިހާތަނަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޕާކިސްތަނުން ފެނުނު ކަންތައްތައް ބަޔާންކުރައްވަން ދަތިފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޓަރެސް ވިދާޅުވީ ޕާކިސްތަނަށް މިހާރު ދިމާވެފައިވާ ކާރިސާއިން އަރައިގަތުމަށް މުއްސަނދި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

220 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގެ ބާޒާރުތަކުގައި މިހާރުވެސް ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ހުރީ ރެކޯޑް މަތީ މިންވަރެއްގައެވެ. މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު މިއަހަރުގެ ޖުލައި މަހު، ބާޒާރުގައި މުދާ ވިއްކާ އަގުތައް ވަނީ ޖުމްލަ ގޮތެއްގައި 24.9 ޕަސެންޓު އުފުލިފައެވެ. އިގުތިސާދު އޮތީ އިންތިހާ ފުން ކާރިސީ އަނދަވަޅެއްގައެވެ. ބޭރު ފައިސާގެ ރިޒާވް ހީނަރުވަމުންދަނީ ކަންބޮޑުވާހާ ހަލުވި މިނެއްގައެވެ. އެމެރިކާ ޑޮލަރާ އަޅައިބަލާއިރު ޕާކިސްތާނު ފައިސާ ނުވަތަ ރުޕީޒް އަގު ވެއްޓެމުން ދަނީ އިންތިހާއަށް ހަލުވިމިނެއްގައެވެ.

އެފަދަ ފައްތަރެއްގައި ވަނިކޮށް ކުރިމަތިލާން ޖެހުނު މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ލިބުނު އުމްރާނީ ގެއްލުންތަކުގެ އަގު، އެތައް ބިލިއަން ޑޮލަރަކަށް އަރާނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު އިތުރުވުންކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރުދެމުން ދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ.

ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރުކުރުމުގެ ބޮޑު ހިއްސާއެއް އޮންނަނީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށް ވީނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖެހި، އުމުރު ދުވަހުގެ މަސައްކަތް ފެނަށް ޣަރަޤުވެދާ މަންޒަރު ބަލަން މަޖުބޫރުވެފައިވާ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ، މާލީ ތަނަވަސްކަމުގެ ގޮތުން މާ މުއްސަނދި ނޫން ގައުމުތަކުގެ ރަށްވެހިންނަށެވެ.  

ޕާކިސްތާނުގައި ފެންބޮޑުވުންއެންޓޯނިއޯ ގުޓަރޭޒް

އިތުރަށް ކިޔާލަން

01 މެއި 2024

އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް

01 މެއި 2024
އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް
10 ޑިސެމްބަރު 2023

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

10 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ
07 ޑިސެމްބަރު 2023

ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި

07 ޑިސެމްބަރު 2023
ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި
01 ނޮވެމްބަރު 2023

ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

01 ނޮވެމްބަރު 2023
ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
27 މާރިޗު 2023

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް
18 ސެޕްޓެމްބަރު 2022

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ވަގުތުން އެހީ ބޭނުންވެފައިވާ 3.4 މިލިއަން ކުޑަކުދިން އެބަތިބި: ޔުނިސެފް

18 ސެޕްޓެމްބަރު 2022
ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ވަގުތުން އެހީ ބޭނުންވެފައިވާ 3.4 މިލިއަން ކުޑަކުދިން އެބަތިބި: ޔުނިސެފް
15 ސެޕްޓެމްބަރު 2022

ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ޕާކިސްތާނުގައި ޑެންގޫ ފެތުރެނީ

15 ސެޕްޓެމްބަރު 2022
ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ޕާކިސްތާނުގައި ޑެންގޫ ފެތުރެނީ
12 ސެޕްޓެމްބަރު 2022

އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

12 ސެޕްޓެމްބަރު 2022
އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި
08 ސެޕްޓެމްބަރު 2022

ފެންގަނޑު ބޮޑުވުމުން ފުރާޅުމަތީ ކޭމްޕު ޖެހިތަނާ، ވިހެއުމުގެ ވޭންވަރު އައުމުން ދެން ހެދީ ކިހިނެތްކަން އެނގޭތަ؟

08 ސެޕްޓެމްބަރު 2022
ފެންގަނޑު ބޮޑުވުމުން ފުރާޅުމަތީ ކޭމްޕު ޖެހިތަނާ، ވިހެއުމުގެ ވޭންވަރު އައުމުން ދެން ހެދީ ކިހިނެތްކަން އެނގޭތަ؟
03 ސެޕްޓެމްބަރު 2022

ޕާކިސްތާނު ވިއްސާރަ: ފެންގަނޑު ހިނދުނުއިރު ބޯ ކިސަޑުން ސަލާމަތްނުވެވި ތާށިވެފައި!

03 ސެޕްޓެމްބަރު 2022
ޕާކިސްތާނު ވިއްސާރަ: ފެންގަނޑު ހިނދުނުއިރު ބޯ ކިސަޑުން ސަލާމަތްނުވެވި ތާށިވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު