Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ސެރީ އޭ

ނަޕޯލީއާއި އޭސީ މިލާންވެސް މޮޅުވެ 14 ޕޮއިންޓްގައި

އިންޓަރ މިލާން އޮތީ ހަތަރު ވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 02:42
މިލާން މެޗުން މޮޅުކޮށްދިން ޕެނަލްޓީއަށްފަހު ޖިރޫޑް

މިލާން މެޗުން މޮޅުކޮށްދިން ޕެނަލްޓީއަށްފަހު ޖިރޫޑް

ނަޕޯލީއާއި, އޭސީ މިލާންވެސް މޮޅުވެ އިޓާލިއަން ސެރީ އޭ ތާވަލްގެ ކުރީގައި ހިފަހައްޓައިފިއެވެ. ދެޓީމްވެސް އޮތީ ހަ މެޗުން 14 ޕޮއިންޓާއެކުއެވެ. ފައިދާ ތިން ގޯލްގެ ތަފާތުން ކުރީގައި އޮތީ ނަޕޯލީއެވެ.

އޭސީ މިލާން ހޮނިހިރު ދުވަހުގެރޭ ސަމްޑޯރިއާ އަތުން މޮޅުވީ 2-1 ނެވެ. މި ފުޓުބޯޅަ މެޗުގައި މިލާނސް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ ހަވަނަ މިނެޓުގައި ޖޫނިއަރ މެސިއަސްއެވެ. މިއީ ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ. ހާފް ނިމުމުގެ ކުރިން މިލާނުން އިތުރު ލަނޑެއް ޖެހިނަމަވެސް ވިއޭއާރުން ނިންމީ އޮފްސައިޑްކަމަށެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި އޭސީ މިލާނަށް މައްސަލަ ކުރިމަތިވީ ދެވަނަ ރީނދޫ ކާޑާއެކު ރަފައެލް ލެއާއޯއަށް ރަތްކާޑް ދެއްކުމުންނެވެ. ލެއާއޯ އަކީ ފުރަތަމަ ގޯލް ޖަހަން ފުރުޞަތު ފަހިކޮށްދިން ކުޅުންތެރިޔާއެވެ. މިލާނުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި އޭގެ 10 މިނެޓުފަހުން ސަމްޑޯރިއާއިން ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ފިލިޕް ޖުރިޗިޗްއެވެ. އޭސީ މިލާން މެޗުން މޮޅުވީ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖިރޫޑް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އޭރިޔާ ތެރެއިން ކުޅުންތެރިއަކު އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ.

އޭސީ މިލާން މެޗުގެ ކުރިން ނަޕޯލީން ވަނީ 1-0 ން ސްޕެޒިއާ ބަލިކޮށް އެއްވަނައަށް ޖެހިލާފައެވެ. ނަޕޯލީގެ ހަމައެކަނި ލަނޑު ޖެހީ ރަސްޕަޑޯރީއެވެ. އޭނާ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައެވެ.

އިންޓަރ މިލާން ވަނީ 1-0 ން ޓޮރީނޯ ބަލިކޮށްފައެވެ. މެޗުގައި އިންޓަރ މިލާންގެ ލަނޑު ޖަހައިދިނީ ބުރޮޒޮވިޗްއެވެ. އޭނާވެސް ލަނޑު ޖެހީ މެޗުގެ ފަހު މިނެޓުގައެވެ. މިމޮޅާއެކު އިންޓަރ މިލާން އޮތީ 12 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ.

އިޓާލިއަން ލީގުއޭސީ މިލާންއިންޓަރ މިލާންނަޕޯލީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު