Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

މެޗުގައި އިންޓަރ މިލާނުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މެއި 2025 | ބުރާސްފަތި 05:52
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސެލޯނާ އާއި އިންޓަރ މިލާން ބައްދަލު ކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސެލޯނާ އާއި އިންޓަރ މިލާން ބައްދަލު ކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބާސެލޯނާ އާއި އިންޓަރ މިލާންގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގައި އިންޓަރ މިލާނުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އިންޓަރ މިލާނަށް ކުރި ހޯދައިދިނީ މާކަސް ތުރަމް އެވެ. އެއީ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޑަމްފްރީސް ވަނީ އިންޓަރ މިލާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ޖެހި ލަނޑުން ބާސެލޯނާ ވަނީ އުންމީދެއް ހޯދައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެރާން ޓޮރޭސް އެވެ.

ދެ ވަނަ ހާފުގައި، މެޗުގެ 64 ވަނަ މިނެޓުގައި އަލުން އިންޓަރ މިލާނުން ވަނީ ލީޑު ނަގައިފަ އެވެ. އެއީ ޑަމްފްރީސް ޖެހި ލަނޑުންނެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އިންޓަރ މިލާންގެ ގޯލު ކީޕަރު ޔަން ސޮމާ އަތުންް ބައި ކޮޅަށް ވަތް ލަނޑާ އެކު، ބާސެލޯނާ އަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ވެފަ އެވެ.

މި ދެ ޓީމު ބައްދަލު ކުރާ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެވެ. އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލްގެ ޖާގަ ލިބޭނެ އެވެ.

ބާސެލޯނާޔުއެފާ ޗެމްޕިއަންސް ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު