Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިލާން

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

ބާސެލޯނާ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު އަދި އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެ ޓީމާ ދެކޮޅަށް އިންޓަރ މިލާންގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އިންތިހާ އަށް ފަޚުރުވެެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2025 | ހޮނިހިރު 05:44
އިންޓަރ މިލާންގެ ކޯޗު ސިމޯން އިންޒާގީ

އިންޓަރ މިލާންގެ ކޯޗު ސިމޯން އިންޒާގީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް، އިންޓަރ މިލާންގެ ކުޅުންތެރިން ދެއްކި ކުޅުމާާ މެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އިންޓަރ މިލާނުން ވަނީ ފުރަތަމަ ދެ ލަނޑު ޖަަހައިގެން ލީޑު ނަަގައިފަ އެވެ. ނަމަވެސް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އިންޒާގީ ބުނީ، ފުރަތަމަ ލެގު ނިންމާލިއިރު ވެސް އޭނާ އަށް ބޮޑު ހިތްހަމަ ޖެހުމެއްގެ އިޙުސާސް ކުރެވޭ ކަމަށެވެ. ޚާއްސަކޮށް އިންޓަރ މިލާނުން ކުޅުނީ ވަރަށް ރަނގަޅު މެޗެއް ކަމަށާއި، މެޗުގައި އެ ޓީމުން ލީޑު ވެސް ނެގި ކަމަށެވެ.

ބާސެލޯނާ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު އަދި އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެ ޓީމާ ދެކޮޅަށް އިންޓަރ މިލާންގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އިންތިހާ އަށް ފަޚުރުވެެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އިންޒާގީ ބުނީ، މި ފެންވަރުގެ މެޗުތަކުގައި ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ވެސް މުޅި މެޗުގެ މިސްރާބު ބަދަލުވާނެ ކަމަށެވެ. ނަމަވެސް، އިންޓަރ މިލާންގެ ކުޅުންތެރިންނާ މެދު އޭނާ ދެކެމުން އަންނަ ގޮތާއި، ކުރަމުން އަންނަ އިތުބާރު ބަދަލު ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފަށް ފަހު، ދެ ވަނަ ހާފުގައި އިންޓަރ މިލާނަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫ ތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް މުޅި ޓީމު މަސައްކަތް ކުރީ ހަމަޖެހިގެން ކުޅެން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން އޭނާ އަށް ފެނުނީ ނުވަ އަހަރުގެ ތެރޭގައި ވެސް އޭނާ އަށް ފެނިފައި ނުވާާ ފެންވަރުގެ ކުޅުންތެރިޔެއްގެ އުނދަގޫ ކުރިމަތިވަމުން އައި މަންޒަރު ކަމަށް އިންޒާގީ ބުންޏެވެ.

އިތުރަށް އިންޒާގީ ބުނީ، އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ވެސް ނިކުންނާނީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ. އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު ނަމަވެސް، ބާސެލޯނާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށާއި، މެެޗު ރާވަން ޖެހޭނީ އެކަން ކަމަށް ވިސްނައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންޓަރ މިލާންސިމޯން އިންޒާގީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު