Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮމްބަޑްސްޕާސަން ލައިޒާ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

ލައިޒާ އިސްތިއުފާ ދެއްވީ ނިމުނު ހަފްތާގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ސެޕްޓެމްބަރު 2022 | ހުކުރު 11:10
މަރިޔަމް ލައިޒާ

މަރިޔަމް ލައިޒާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުގެ މަޤާމުން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ ލައިޒާ އިސްތިއުފާ ދެއްވީ ނިމުނު ހަފްތާގައި ކަމަށެވެ.

Advertisement - newsAdvertisement

މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަޤާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތަޢުލީމީ ދާއިރާގެ މަޤާމުތައް އަދާކުރައްވާފައެވެ. މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.

ލައިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެން މިހާރު އެ އޮފީހުގައި ތިއްބަވާނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އިތުރުން ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް އޮމްބަޑްސްމަނުން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ. އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ތަޢައްޞުބުން އެއްކިބާވެތިބެ، މި ޤާނޫނުގެ މަޤްޞަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ތަސްދީގު ކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުން ނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ.

އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އެ އޮފީހުން އެއްވެސް މައްސަލައެއް ބަލައި ނިމިފައެއް ނުވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްމަރިޔަމް ލައިޒާ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް
05 ނޮވެމްބަރު 2023

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް
27 އޮކްޓޯބަރު 2022

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި
20 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ
26 މާރިޗު 2022

ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި

26 މާރިޗު 2022
ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު