Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޤާލީ އިންސާފު

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

އެއޮފީހުގެ ހުރިހާ ލިޔެކިޔުންތަކާއި ހަރުމުދާ މިނިސްޓްރީ އޮފް ފިނޭންސްއާ ޙަވާލުކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 09:43
އިންތިޤާލީ އިންސާފުގެ އޮފީހުގެ މެމްބަރުން

އިންތިޤާލީ އިންސާފުގެ އޮފީހުގެ މެމްބަރުން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅި ނުނިމި ހުރި މައްސަލަތަކާއި ގުޅިގެން ޢަމަލުކުރާނެ ގޮތަކާއި މެދު މަޝްވަރާކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފައްދާފައިވަނީ ޤާނޫނު ނަންބަރު 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުންނެވެ. އެ އޮފީސް އެކުލަވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޤާރާރަކުންނެވެ.

Advertisement - newsAdvertisement

އެ އޮފީހުގެ މަސައްކަތަކީ އެ ޤާނޫނުން ވަކި މުއްދަތެއް ކަނޑައެޅިފައިވާ މަސައްކަތެއް ކަމަށް ވާއިރު އެ މުއްދަތު ވަނީ 17 ނޮވެމްބަރު 2023 ގައި ވަނީ ހަމަވެފައެވެ. އެހެންކަމުން އެޤާނޫނާއި އެޤާނޫނުގެ ދަށުން އުފެދިފައިވާ އޮފީސްވަނީ އެ ތަރީޚުގައި ވަނީ އުވިފައެވެ.

މީގެ އިތުރުން ޤާނޫނުގައިވާ ގޮތުގެމަތިން އެ އޮފީސް އުވުމާ ގުޅިގެން، އެއޮފީހުގެ ހުރިހާ ލިޔެކިޔުންތަކާއި ހަރުމުދާ މިނިސްޓްރީ އޮފް ފިނޭންސްއާ ޙަވާލުކޮށްފައިވާކަމަށް 17 ނޮވެމްބަރު 2023 ގައި އެއޮފީހުން ވަނީ އިޢުލާނުކޮށްފައެވެ.

އެހެންކަމުން އިންތިޤާލީ އިންސާފަށް އެދި ހުށަހެޅި މީހުންނަށް ދެން ވާނީ ކިހިނެތްތޯ އޮތީ ސުވާލު އުފެދިފައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީން ސުވާލުކުރުމުން މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ ޤާނޫނަކުން ވަކި މުއްދަތަކަށް އުފައްދާފައިވާ އޮފީހަކަށްވެފައި، މިސަރުކާރުގެ މަސައްކަތް ފެށުނުދުވަހު އެ އޮފީހުގެ ޤާނޫނީ މުއްދަތު ހަމަވެ އެ އޮފީސް ވަނީ އުވިފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެޤާނޫނަށް އިސްލާޙު ގެނައުމަކާނުލައި އެ މުއްދަތު އިތުރު ކުރުމުގެ އިޚްތިރާތު ރައީސުލްޖުމްހޫރިއްޔާއަށް އެޤާނޫނުން ލިބިދީފިނުވާކަން އޭނާ ހާމަަކުރެއްވިއެވެ. އެހެންކަމުން އެ އޮފީހުން ކުރަން ފަށާ ނުނިމި ހުރި މައްސަލަތަކާމެދު ކުރިއަށް ދާނެ ގޮތެއް ނިންމުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ދަނީ މަޝްވަރާކުރެވެމުން ކަމަށް ހަލީލް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު