Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫއިން މީހުން ބޭލި މައްސަލަ

ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި

މިމައްސަލައިގެ ފުރަތަމަ އަޑުއެހުންތައް މިމަހުގެ 19 ވަނަ ދުވަހު ގދ. ތިނަދޫ ކެމްޕަހުގައި ވަނީ ކުރިޔަށްގެންގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މާރިޗު 2022 | ހޮނިހިރު 03:29
މައްސަލައިގެ ފުރަތަމަ އަޑުއެހުން ގދ ތިނަދޫ ކެމްޕަހުގައި  ކުރިއަށް ގެންގޮސްފައިވޭ

މައްސަލައިގެ ފުރަތަމަ އަޑުއެހުން ގދ ތިނަދޫ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވޭ

ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ އާއި ގުޅިގެން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ޕަބްލިކް ހިޔަރިންގ ފަސްކޮށްފައިވާކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެފިއެވެ.

އެއޮފީހުން ބުނީ މިމަހުގެ 27 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ޕަބްލިކް ހިޔަރިންގގައި އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ފަރާތްތައް ނެތުމާއެކު، ޕަބްލިކް ހިއަރިންގގެ އަޑުއެހުންތައް ބޭއްވުން ފަސްކުރެވިފައިވާކަމަށެވެ. އަދި މާލޭގައި ބާއްވާ ޕަބްލިކް ހިއަރިންގ ބާއްވާނެ ތާރީޚްތަކާއި ގަޑި އަދި ބާއްވާނެ ތަން ފަހުގެ ތާރީޚެއްގައި އިއުލާންކުރާނެކަމަށްވެސް އޮމްބަޑްސްޕަރސަން އޮފީހުން ބުނެއެވެ.

މިއީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މައްސަލައިގެ ހަޤީޤަތް ހޯދުމަށްޓަކައި މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރިޔަށްގެންދާ އަޑުއެހުންތަކެކެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުންތައް މިމަހުގެ 19 ވަނަ ދުވަހު ގދ. ތިނަދޫ ކެމްޕަހުގައި ވަނީ ކުރިޔަށްގެންގޮސްފައެވެ.

އެދުވަހުގެ އަޑުއެހުމުގައި އެހާދިސާ ތަޖްރިބާ ކުރި މީހުން ބަޔާން ދީފައިވާއިރު، އެންމެންވެސް ވަނީ އެރަށުން މީހުން ބޭލީ ނުހަނު އަނިޔާވެރިކަމާއި ލާއިންސާނީ އަނިޔާތަކަށްފަހު ކަމަށް ބުނެފައެވެ.

އެ ފަރާތްތަކުން ބަޔާން ދެމުން ގެންދިޔައިރު އޮމްބަޑްސްޕަރސަން އޮފީހުގެ ބޭފުޅުން ވަނީ އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުވާފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލަތަކަށް ބަލާއިރު، މައްސަލާގައި އަނިޔާ ލިބިފައިވާ މީހުން ކަމަށް ބަލަނީ, ސީދާގޮތުންނާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބުނު މީހުންނާއި, ނުސީދާ ގޮތުން ނަފްސާނީ އަނިޔާ ލިބުނު މީހުންނާއި, އެއިރުގައި ރަށުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެ ހާދިސާ ފެނި ތަޖުރިބާކުރެވުނު މީހުންނެވެ. މައްސަލަ ރައްދުވާ ފަރާތްތައްކަމަށް ބަލަނީ ހާދިސާގައި ދައުލަތުގެ ފަރާތުން ހަރަކާތްތެރިވި މީހުންނަށެވެ. 

އޮމްބަޑްސްޕަރސަންގެ އޮފީހުން މި މައްސަލަ ބަލަމުންދާއިރު، މިހާރު މަޝްވަރާ ކުރެވިފައި އޮތީ, ތަހުގީގު ނިމޭތާ 2 މަސް ދުވަހުގެ ތެރޭގައި އެ އޮފީހުގެ ހޯދުންތައް ހިއްސާކުރާގޮތަށެވެ.

ގދ. ތިނަދޫއިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

22 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު