Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒު އޮމްބަޑްސްޕާސަންއާއި ބައްދަލުކުރުން، ސުވާލު އުފެދޭ އެތައް ކަމެއް!

މަސައްކަތުގެ ގޮތުން ދެ އޮފީހުގެ އިސްވެރިން ބައްދަލުކުރައްވަން ޖެހޭ އެއްވެސް ކަމެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2021 | ބުދަ 13:40
މުއިއްޒު އޮމްބަޑްސްޕާސަންއާއި ބައްދަލުކުރެއްވުން

މުއިއްޒު އޮމްބަޑްސްޕާސަންއާއި ބައްދަލުކުރެއްވުން

ދައުލަތުގެ އެކި އިދާރާތަކާއި އޮފީސްތަކުން މުހިންމު ކަންކަމުގައި އަބަދުވެސް ބައްދަލުކޮށް މަޝްވަރާ ކުރެއެވެ. އެއީ އެއް އޮފީހުން އަނެއް އޮފީހަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހުގައެވެ. ނަމަވެސް މި ބީދައިން މަސައްކަތުގެ ގޮތުން ނުގުޅޭ އޮފީސްތަކާއި އިދާރާތައް ވެސް ހުރެއެވެ. މިސާލަކަށް މާލެ ސިޓީ ކައުންސިލާއި ޗީފް އޮމްބަޑްސްޕާސްންގެ އޮފީހެވެ.

ދައްކަން މިއުޅެނީ މި ދެ އޮފީހުގެ އިސްވެރިން ބޭއްވި ސުވާލު އުފެދޭ ބައްދަލުވުމެއްގެ ވާހަކައެވެ. ތެދެކެވެ. މާލެ ސިޓީ ކައުންސިލަކީ ވަރަށް މަސައްކަތް ކުރާ މުރާލި ތަނެކެވެ. އަބަދުވެސް މާލެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމާއި ލުއިފަސޭހަ ކުރުމުގެ ގޮތުން ކުރެވޭ ތަފާތު ކަންކަމެވެ. އެއީ މަގެއްގެ ކާނު ބަދަލުކުރަން ޖެހުނަސް ކަފިހި ހުރަހެއްގައި ދަވާދުލާން ޖެހުނަސް އެކަމެކެވެ.

ނަމަވެސް އިންސާފު ނުލިބި ޒަމާންވެފައިވާ މައްސަލަތަކެއް ބެލުމަށް ގާނޫނަކުން އުފައްދާފައިވާ އޮފީހަކާއި މުނިސިޕަލް ކަންކަން ކުރުމަށް ބާރުދީފައިވާ އޮފީހެއްގެ ވެރިންތައް ބައްދަލުކުރައްވައި ދައްކަވާނެ ވާހަކައެއް އަދި ކުރައްވާނެ މަޝްވަރާތަކަކާއި މެދު އާންމުން ވަނީ ސުވާލު އުފައްދަން ފަށައިފައެވެ.

އިހައްދުވަހަކު މާލެ ސިޓީ ކައުންސިލާއި ޗީފް އޮމްބަޑްސްޕާސަން އޮފީހުގެ އިސްވެރިން މާލޭގެ މޭޔަރާއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯތަކަކާއެކު މާލެ ސިޓީ ކައުންސިލުން ޓްވީޓެއް ކުރިއެވެ. ޓްވީޓުގައި ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއެކު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި ކަމަށެވެ. މޭޔަރު އިސްނަންގަވައިގެން ބޭއްވި ކަމަށް ދޭހަވާ މި ބައްދަލުކުރެއްވުމުގެ މަގްސަދެއް އަދި އިތުރު ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ. ދެ އޮފީހުން ކުރެ އޮފީހަކުން ނުކުރެއެވެ.

އާންމުކޮށް އެއްބަޔަކު އަނެއްބަޔަކާ ބައްދަލު ކުރާނަމަ ބައްދަލުކުރަން ބޭނުންވާ ބަޔަކު އެ އޮފީހަށް ގޮސް ދެން އެބަޔަކާ ބައްދަލުކުރެއެވެ. މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް އޮތީމާ ޗީފް އޮމްބަޑްސްޕާސަން އޮފީހުގެ ބޭފުޅުން މުއިއްޒާއި ބައްދަލުކުރައްވަން ބޭނުންފުޅުވެގެން މާލެ ސިޓީ ކައުންސިލްގެ ބޭފުޅުން ޒިޔާރަތެއް ކުރެއްވީތޯ ނުވަތަ އޮބަޑްސްޕާސަން އޮފީހުގައި މާލެ ސިޓީގެ މޭޔަރު ވަޑައިގެން ބައްދަލުކުރައްވާނެ ވަރަށް ޖާގަ ނެތީތޯ ވެސް ސުވާލު އުފެދޭ ހިސާބަށް މިކަން ވަނީ ގޮސްފައެވެ.

ނުވަތަ މޭޔަރުގެ ދައުވަތަކަށް އެބޭފުޅުން ޒިޔާރަތްކޮށް ބައްދަލުކުރެއްވީތޯ ނުވަތަ ބައްދަލުވުމުގެ ދައުވަތު ދީ ބައްދަލުކުރައްވަން ބޭނުންވީ ކޮން ބައެއްތޯ ވެސް ވިސްނާލަން ޖެހޭ ހިސާބަށް ކަންކަން މި އޮތީ ގޮސްފައެވެ. މޭޔަރު ބައްދަލުކުރައްވާނަމަ، އޮމްބަޑްސްޕާސަން އޮފީހަށް ވަޑައިގެން ބައްދަލުކުރައްވާނީއެވެ.

އުސޫލެއްގެ ގޮތުން ޗީފް އޮމްބަޑްސްޕާސަން އަކީ ގާނޫނަކުން ކަނޑައެޅިފައި ހުރި މީހެކެވެ. އަދި އެ އޮފީހަކީ ގާނޫނަކުން ގާއިމްކޮށްފައި ހުރި އޮފީހެކެވެ. ހައިބަތުވެސް ބޮޑު މަސައްކަތްވެސް ގިނަ ބޭފުޅެކެވެ. އަދި ވަރަށް އާދަޔާ ޚިލާފް މައްސަލަތައް ބެލުމަށް މަސައްކަތް ކުރާ އޮފީހެކެވެ.

މިސާލަކަށް ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލި ހާދިސާ ނުވަތަ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވެއެވެ. ވަރަށް ބުރަ ވަރަށް ގިނަ އާދަޔާ ޚިލާފް މަސައްކަތްތަކެއް ކުރަމުން ގެންދާ ތަނެއްގެ ގޮތުގައި އޮމްބަޑްސްޕާސަންގެ އޮފީސް ފާހަގަކުރެވިގެންދެއެވެ.

މާލޭގެ މޭޔަރު އެތަނުގެ ވެރިންނާ ބައްދަލުކުރެއްވުމުން އުފެދޭ ސުވާލަކީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނުވަތަ ކޮންމެވެސް ކަހަލަ އެއްގޮތެއް ދިމާވެގެން މާލެ ސިޓީ ކައުންސިލްގެ ބޭފުޅުން ވަޑައިގެން ބައްދަލުކުރެއްވީ ކަމަށެވެ. ޗީފް އޮމްބަޑަސްޕާސަން އާއި މާލޭގެ މޭޔަރު ބައްދަލުކުރައްވާ ދައްކަވަންޖެހޭ ކޮން ވާހަކައެއްތޯ އޮންނާނީ މިހާ ހިސާބުން އާންމުން ވަނީ ސުވާލު އުފައްދާފައެވެ.

ބައްދަލުވުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް މުޅިން ތަފާތު ދެ ކަމެއް ކުރާ އަދި ތަފާތު ދެ މަގަކުން ހިނގާ ބަޔަކު މިގޮތަށް ބައްދަލުކުރުމުން ސުވާލު އުފެދޭނެއެވެ. މި ދެބައި މީހުން މަޝްވަރާކޮށްގެން ވާހަކަދައްކައިގެން ހައްލުކުރަން އޮންނާނީ ކޮންކަމެއްތޯ ހިތަށް އަރާނެ އެތައްބަޔަކު ތިބޭނެއެވެ. މާލެ ސިޓީއާއި ގުޅުންހުރި ކަމެއް އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައި އޮތްނަމަ މައުލޫމާތު ސާފުކުރަން ބައްދަލުކުރަންވީއެވެ. ނުވަތަ މާލޭގެ ސިޓީގެ މޭޔަރާއި ގުޅޭ މައްސަލައެއް އޮމްބަޑްސްޕާސަންގެ އޮފީހުގައި އޮތީމާ މޭޔަރު ބައްދަލުކުރައްވަފާނެއެވެ.

އެހެންނޫނިއްޔާ އޮމްބަޑްސްޕާސަންގެ އޮފީސް ކައިރީގައި މަރާމާތުގެ މަސައްކަތެއް ނުވަތަ މަގު ހެދުމުގެ މަސައްކަތެއް ހުރުމުން ނުވަތަ މާލެ ސިޓީން ކުރެވޭނެ ކޮންމެވެސް ކަމެއް ބޭނުންވެގެން ބައްދަލުކުރީކަމަށް ވެސް ވެދާނެއެވެ. ނުގުޅޭ ދެ އޮފީހެއްގެ ބަޔަކު ބައްދަލުކުރީމާ މީހުންގެ ޚިޔާލަށް އެކި ސުވާލުތައް އަންނާނެކަން ޔަގީނެވެ.  

ނަމަވެސް ފުލުހުންނާއި މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ބައްދަލުކުރީމާ މީހަކު ސުވާލު އުފައްދާނެ ކަމެއް ވެސް ނޯންނާނެއެވެ. މާލޭގެ މަގުމަތި ބެލެހެއްޓުމާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމާއި މާލޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ފުލުހުންނާއި މަޝްވަރާކޮށްފާނެއެވެ. ނޫނިއްޔާ މާލޭގެ މަގުތައް ބެލެހެއްޓުމާއި ސީސީޓީވީ ހަރުކުރުމުގައި ކަންތަކުގައި ކަމުގައިވެސް ވެދާނެއެވެ. އަދި މާލޭގެ ކަންކަން ހުންނަގޮތުން ކަންކަން ރަނގަޅުކުރުމަށް މަޝްވަރާކޮށްފާނެއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަކީ އިންސާފް ނުލިބި ހުރި ކަންކަމުގައި އިންސާފު ހޯދަދޭން ގާއިމްކޮށްފައި ހުރި އޮފީހެކެވެ. އެމީހުންނާއި މާލެސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ބައްދަލުކޮށް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ ކޮން ރިޝްވަތެއް ދޭން ބޭއްވި ބައްދަލުވުމެއް ހެއްޔެވެ.

ޑރ. މުހައްމަދު މުއިއްޒުމުއިއްޒުމާލޭގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުއިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްޗީފް އޮމްބަޑްސްޕާރސަން އަބްދުއްސަލާމް އާރިފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު