Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގދ. ތިނަދޫން މީހުން ބޭލި ހާދިސާ

ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ބަޔާން ދިނުމަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި

މާރޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2022 | ބުދަ 01:06
ގދ. ތިނަދޫ

ގދ. ތިނަދޫ

1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން  ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެކަމާއި ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ބުނީ މި މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާނުލައި ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މައްސަލަތަކުގެ އަޑުއެހުންތައް މާރޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން 01 ފެބުރުވަރީ އިން ފެށިގެން 15 ފެބުރުވަރީ އާއި ދެމެދު ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ބުނެއެވެ.

އެގޮތުން ބަޔާންދޭން ބޭނުންވާ ފަރާތަތްކަގެ ފުރިހަމަ ނަމާއި ،އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، މި ހާދިސާއާ ގުޅޭގޮތް ނުވަތަ މަޢުލޫމާތު އެނގޭ ގޮތް، ބަޔާންދޭން ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ އަދި ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ ބަޔާންކުރުމަށްފަހު 7223473 އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދިhearings@otj.gov.mv އަށް އީމެއިލް ކޮށްގެން މި މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ވަނީ ޕަބްލިކް ހިއަރިންގައި ހާޒިރުވެ ނުވަތަ ލިޔުމުން ބަޔާންދޭން ފުރުޞަތުދެވޭނެ ފަރާތްތައް ކަނޑައަޅާނެ ގޮތް އާންމުކޮށްފައެވެ. އެގޮތުން ޕަބްލިކް ހިއަރިންގައި ބަޔާން ދިނުމަށް ފުރުޞަތު ދޭ ފަރާތްތައް ކަނޑައަޅާނެ ވަކި ތަރުތީބެއް ވަނީ ކަނޑައަޅާފައެވެ. ތަރުތީބު ކަނޑައަޅާނީ ނަންނޯޓުކުރާ ފަރާތްތަކުން ދޭ މަޢުލޫމާތާއި ޕަބްލިކް ހިއަރިންގ ބާއްވާ މައްސަލައާއި ގުޅުން އޮތް މިންވަރު ދެނެގަތުމަށްފަހުކަމަށް އެއޮފީހުން ބުނެއެވެ.

މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތްތައް ކަމަށް ބަލަނީ ސީދާގޮތުންނާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބުނު ފަރާތްތަކާއި ނުސީދާ ގޮތުން ނަފްސާނީ އަނިޔާ ލިބުނު ފަރާތްތަކާއި އެއިރުގައި ރަށުގައި ދިރިއުޅުނު ފަރާތްތަކުގެ ތެރެއިން އެ ހާދިސާ ފެނި ތަޖުރިބާކުރެވުނު ފަރާތްތަކެވެ.

މައްސަލަ ރައްދުވާ ފަރާތްތައްކަމަށް ބަލަނީ ހާދިސާ ގައި ދައުލަތުގެ ފަރާތުން ހަރަކާތްތެރިވި މީހުންނަށެވެ. މައްސަލައިގައި މަޢުލޫމާތު އެނގޭ ފަރާތްތައް ކަމަށް ބަލަނީ ހާދިސާ ތަހައްމަލްކުރި ފަރާތްތަކާއި ހާދިސާ ތަޙައްމަލްކުރި ފަރާތްތަކުގެ އާއިލާގައި ހިމެނޭ ފަރާތްތަކާއި ހާދިސާ ތަޙައްމަލްކުރި ފަރާތްތަކުން ހާދިސާގެ ކަންކަން ހިނގައި ދިޔަ ގޮތް ކިޔައިދީފައިވާ ފަރާތްތައް އަދި ހާދިސާ އާއި ގުޅޭގޮތުން ދިރާސާކޮށްފައިވާ ފަރާތްތަކެވެ.

މައްސަލައާއި ގުޅުންހުރި މުއައްސަސާތަކުގައި މަސައްކަތްކުރި ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތައްވެސް ހިމަނާފައިވެއެވެ.

ގދ. ތިނަދޫއިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

22 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު