Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ. ތިނަދޫން މީހުން ބޭލި ހާދިސާ

ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެ

މާރޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ޕަބްލިކް ހިއަރިންގ ތަކެއް އޮންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ފެބުރުއަރީ 2022 | ބުދަ 05:04
ގދ. ތިނަދޫ- ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތަކެއް ވަނީ ހުށައަޅާފައި

ގދ. ތިނަދޫ- ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތަކެއް ވަނީ ހުށައަޅާފައި

ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ބުނެފިއެވެ.

މި މައްސަލައިގެ ތަހުގީގު ހިންގުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް މާރޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޮމްބަޑްސްޕަރސަން ޖިހާދާ އަނީސް ވިދާޅުވީ، ޕަބްލިކް ހިއަރިންގ ގެ ދަށުން ހޯދާ މައުލޫމާތުތަކަށްފަހު އެ އޮފީހުން މައްސަލައިގެ ތަހުގީގާއި ގުޅޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ތަހުގީގުން ހޯދޭ މައުލޫމާތުތަކުގެ އަލީގައި މައްސަލައިގެ ހޯދުންތައް ފާހަގަކޮށް ނިންމުމަކާއި ހަމައަށް ދިއުމުން، މި މައްސަލަތަކާއި ގުޅޭ ދިރާސާތަކެއްވެސް ހައްދަވާނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އެއަށްފަހު މުޅި މައްސަލައިގެ ހޯދުންތަކުގެ މައްޗަށް ރިޕޯޓު އެކުލަވާލައި، އޮންނަ އުސޫލުގެ ތެރެއިން އާންމު ކުރައްވާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

ޖިހާދާ ވިދާޅުވީ، ތަހުގީގުތަކުގެ އަލީގައި ހޯދާ ހޯދުންތަކަށްފަހު، އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އެ އޮފީހުން ކަމާގުޅުންހުރި އިދާރާތަކަށް ރެކޮމެންޑޭޝަންތައް ދޭނެ ކަމަށެވެ. އެ ރެކޮމެންޑޭޝަންތައް މައްސަލައިގެ ރިޕޯޓުގައިވެސް ހިމަނުއްވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޖިހާދާ ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވިފައި އޮތީ ތަހުގީގު ނިމޭތާ 2 މަސް ދުވަހުގެ ތެރޭގައި އެ އޮފީހުގެ ހޯދުންތައް ހިއްސާ ކުރާ ގޮތަށް ކަމަށެވެ. އެގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތަކެއް ވަނީ ހުށައަޅާފައެވެ. އެ މައްސަލަތަކުގެ ޕަބްލިކް ހިއަރިންގތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާން ދިނުމަށް އެދޭ ފަރާތްތަކުން 01 ފެބުރުވަރީ އިން ފެށިގެން 15 ފެބުރުވަރީ އާއި ދެމެދު ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުން ބުނެއެވެ.

ގދ. ތިނަދޫއިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްފަލަ ސުރުޚީ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު