Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށްވެސް ވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 07:57
ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތްކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ނިންމައިފިއެވެ.

ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ގެއްލުނު ޙައްޤުތައް ހޯދައިދިނުމަށް 12 އޯގަސްޓު 2021 ގައި ރާއްޖެޓީވީން ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް މައްސަލަ ހުށައަޅާފައެވެ.

އެ މައްސަލަ ތަހުގީގުކޮށް، 15 އޯގަސްޓު 2023 ގައި އެ އޮފީހުން ވަނީ މި މައްސަލައިގެ ރިޕޯޓު އެކުލަވާލާފައެވެ.

ރާއްޖެޓީވީން މި މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށައަޅާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްދުވާ ގޮތަށެވެ. އެއީ މިކަމުގެ ފުރިހަމަ ތަހުގީގެއް ދައުލަތުގެ އިދާރާތަކުން މިހާތަނަށް ކޮށްފައިނުވާތީއާއި އަދި މި އަމަލު ހިންގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ރާއްޖެޓީވީގެ ފަރާތުން އެކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް ލިޔުމުން އެންގިނަމަވެސް، އެކަމުގައި އޭރު އެ ސަރވިސްގައި އިސްކޮށް ތިބި ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ރާއްޖެޓީވީން ހުށައެޅި މައްސަލައިގައިވަނީ މިއީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުކަމުގައިވާ އަސާސީ ހައްގުތަކާއި، މިނިވަންކަމުގެ ބާބުގެ 27، 28 އަދި 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތަކެއް ބޭނުންކުރުމަށް ހުރަސްއެޅުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ބަޔާންކޮށްފައެވެ.

ރާއްޖެޓީވީން ބުނީ މިއީ ކަނޑައެޅިގެން ގަސްތުގައި ބަޔަކު ރާވައިގެން ސިޔާސީ މަޤްޞަދުތަކެއް ހާސިލްކުރުމަށް ހިންގާފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއްކަމަށެވެ.

ރާއްޖެޓީވީ ހިންގަމުން އައި އިމާރާތުގައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން ބެލުމަށް މިނިވަން އޮޑިޓް ފާމަކުން ހެދި ޑެމޭޖް އެސެސްމަންޓުން ދައްކާ ގޮތުން، ރާއްޖެޓީވީ އަންދާލުމުގެ ސަބަބުން ވަނީ 11,656,833.62 (އެގާރަ މިލިއަން ހަލައްކަ ފަންސާސްހަހާސް އަށްސަތޭކަ ތިރީސްތިން ރުފިޔާ ފަސްދޮޅަސް ދެލާރި) ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލުގެ އެއްވެސް މިންވަރެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުގެ ސަބަބުން ލިބުނު ގެއްލުމާއި، ހައްގުތައް ހޯދުމަށް ރާއްޖެޓީވީން ކުރަމުންދާ މަސަކަތްތަކަށް ދައުލަތުގެ އިދާރާތަކުގެ އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވާކަން ވެސް ރާއްޖެ ޓީވީން ފާހަގަކޮށްފައިވެއެވެ.

އެ އޮފީހަށް ދިން މައުލޫމާތުގައި ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށްފައިވާނެ ކަމަށާއި، ތަހުގީގު ފުރިހަމަނުވާނަމަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެކަން ފާހަގަކުރާނެކަމަށް ބުނެފައެވެ.

އަދި މި މައްސަލައިގެ ތަހުގީގު ނިމުނުއިރު، މި ޖަރީމާ ހިންގުމަށް ބަޔަކު ފަންޑު ކުރިކަން އެނގޭކަށް ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި އެކަމުގައި ޝާމިލްވާކަމަށް 6 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވިއެވެ. ނަމަވެސް ދައުވާ އުފުލާ ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެމީހާގެ މައްޗަށް ކުށް ސާބިތުވެ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި ރާއްޖެޓީވީގައި ރޯކޮށްލުމުގައި ބައިވެރިވިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފައިވަނީ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށެވެ. އޭނާއަށް ކޮށްފައިވަނީ 2 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެކަންކަން އިންތިޤާލީ އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެކަންކަމަށް އަލިއަޅުވާލައި ރިޕޯޓުގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އައު ހެއްކެއް ނުވަތަ ޤާނޫނީ އުސޫލެއް، ނުވަތަ އައު ޤާނޫނީ ނުކުތާއެއް ރާއްޖެޓީވީއަށް ދެއްކިފައިނުވާކަމަށެވެ. އެހެން މުއައްސަސާއަކުން ނިންމާފައިވާ މައްސަލައެއްގައި އިންތިޤާލީ އޮފީހަށް އަލުން ބަލައި ގޮތެއް ކަނޑައެޅޭނީ އައު ހެކިތަކެއް ހުރެގެންކަމަށްވެސް ބުނެފައިވެއެވެ.

ވުމާއެކު، މި މައްސަލަ އަލުން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް އެ އޮފީހުގެ ތަހުގީގުން ވަނީ ނިންމާފައެވެ.

އަދި ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖެޓީވީރާއްޖެޓީވީ ރޯކޮށްލުންއިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު