Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮމްބަޑްސްޕަރސަން އޮފީސް

ބަދަލުނެގުމާ ގުޅޭ މައްސަލަތައް ނިންމަން އިންތިގާލީ އޮފީހަށް 18 މަސް ދީފައި އޮތް އޮތުން ބަދަލުކޮށް، މުއްދަތު އުވާލައިފި

މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ވަގުތީ ބަދަލެއް ހޯދުމަށް އެދި ޝަރީޢަތަށް ހުށަހެޅިދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2022 | ހޮނިހިރު 09:10
އޮމްބަޑްސްޕާސަން އޮފީސް- އިންތިޤާލީ އިންސާފުގެ ދަށުން، ކަމާގުޅުން ހުރި ކޯޓަކަށް މައްސަލަ ހުށަހެޅޭނެ

އޮމްބަޑްސްޕާސަން އޮފީސް- އިންތިޤާލީ އިންސާފުގެ ދަށުން، ކަމާގުޅުން ހުރި ކޯޓަކަށް މައްސަލަ ހުށަހެޅޭނެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން، ބަދަލު ނަގައިދިނުމަށް ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު 18 މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭކަން ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް، އެ މުއްދަތު އުވާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އިޖުރާއަތުތަކާއި، ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދު އެކުލަވާލައި، ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އޭރު ޤަވާއިދުގައި ބުނެފައިވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި، ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމެއްގައި ބަލާ މައްސަލައެއްގައި، ނިޒާމީގޮތެއްގައި ރޭވިގެން ހިންގައިފައިވާ ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ ޢަމަލުގެ ޝިކާރައަކަށްވި ފަރާތަށް ޢަދުލުވެރި ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދެވޭނީ މާލީ ބަދަލާއި އެހެނިހެން ބަދަލެވެ.

Advertisement - newsAdvertisement

މި ގަވާއިދުގައި ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލެއް ނަގައިދެވޭނީ، ނިޒާމީގޮތެއްގައި ރޭވިގެން ހިންގާފައިވާ ޢަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ ޢަމަލުގެ ޝިކާރައަކަށްވި ފަރާތްތަކަށެވެ.

ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުމަށާއި، ގުނަވަނެއް ނެތިދިޔުން ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ އެހެންވެސް ދާއިމީ ޖިސްމާނީ ގެއްލުމެއް ވުން އަދި ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުމަށެވެ.

ނުސީދާ ގެއްލުމުގެ ބަދަލުގެ ބާބުގެ ތެރެއިން، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ވަގުތީ ބަދަލެއް ހޯދުމަށް އެދި ޝަރީޢަތަށް ހުށަހެޅިދާނެއެވެ. މިއީ ވަގުތުން ވަގުތަށް ނަގައިދޭންޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލެވެ. ވަގުތީ ބަދަލު ނަގައިދިނުމުގައި ޝަރީޢަތަށް ހުށަހަޅައިފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، ހުށަހަޅައިފައިވާ ހުށަހެޅުމާމެދު މައްސަލަ ބަލާ ފަރާތުން ގޮތެއް ނިންމަން ވާނެއެވެ. ބަދަލެއް ނަގަދިނުމަށް ނިންމައި، ވަގުތީގޮތުން ބަދަލުގެ މިންވަރެއް ނަގައިދީފައިވާނަމަ، މައްސަލަ ނިންމާއިރު، އެކަމަށް ރިޢާޔަތް ކުރަންވާނެކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ޙުކުމް ކުރަންވާނެކަމަށް އޭރު އޮތީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް، އެ ޤަވާއިދަށް އިސްލާޙު ގެނެސް، 6 އޮކްޓޯބަރުގައި ގެޒެޓު ކޮށްފައިވާ އިސްލާޙުގައި ވަނީ އެ މާއްދާ އެ ގަވާއިދުން އުނިކޮށްފައެވެ. އިތުރު މާއްދާއެއް އެ އިސްލާޙުގެ ދަށުން އުނިކޮށްފައެއް ނުވެއެވެ.

ކުރިއެކޭވެސް އެއްގޮތަށް މި ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރާނީ ކޯޓަށް ހުށަހެޅޭ އެހެންވެސް ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކާ އެއްގޮތަށެވެ. އަދި ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާއެއް ހިމެނޭނަމަ، މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކާމެދު އެ މަރުޙަލާގައި ގޮތެއް ނިންމިދާނެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ނަގައިދެވޭނީ ކޮން ބާވަތެއްގެ ކިހާ މިންވަރެއްގެ ބަދަލެއްކަން ކޯޓުން ކަނޑައެޅުމަށްފަހު، އެ ކަނޑައެޅުނު ބަދަލު ހަމަޖައްސައިދިނުމަށް ކޯޓުން ކަނޑައަޅާ މުއްދަތުގައި އެ ބަދަލު ހަމަނުޖެހިގެން އަނިޔާ ލިބުނު ފަރާތުން ކޯޓަށް އެކަން އަންގައިފިނަމަ، ކޯޓުން ނިންމައިފައިވާ ނިންމުން ތަންފީޛު ކުރަންވާނީ އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުންނެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު