Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހެޅޭ މައްސަލަތައް

ހުށަހެޅޭ މައްސަލަތަކުގައި އެންމެ ބޮޑު މަޤުސަދަކީ ދެ ފަރާތް ސުލްޙަކުރުން: ޖިހާދާ

މައްސަލަތައް ތަހުޤީޤުކުރާއިރު މައްސަލަ ހުށަހަޅާ ފަރާތަށް ދެވޭނެ އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ ބަލާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2022 | ބުދަ 00:34
ޖިހާދާ އަނީސް/ އޮމްބަޑްސްޕަރސަން

ޖިހާދާ އަނީސް/ އޮމްބަޑްސްޕަރސަން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ ހުރިހާ މައްސަލަތައް ބަލާއިރު އެންމެ ބޮޑު އިސްކަމެއްދެނީ މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ސުލްޙަކުރުމަށްކަމަށް އޮމްބަޑްސްޕަރސަން ޖިހާދާ އަނީސް ވިދާޅުވެއްޖެއެވެ.

އެއޮފީހުން ބަލަމުންދާ މައްސަލަތަކާއި ބާއްވާ ޕަބްލިކް ހިޔަރިންގތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖިހާދާ ވިދާޅުވީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުގެ ޤާނޫނުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބަދަލު ދިނުމާއެކު ދެން ދެވޭނެ ފަރުވާތައްވެސް ހިމަނާފައިވާކަމަށެވެ. އެހެންކަމުން މައްސަލަތައް ތަހުޤީޤުކުރާއިރު މައްސަލަ ހުށަހަޅާ ފަރާތަށް ދެވޭނެ އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ ބައްލަވާކަމަށް ޖިހާދާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަމުގެ ބާވަތަށް ބަލާއިރު ބައެއް ފަރާތްތަކުން ދައުލަތުގެ ފަރާތުން މަޢާފަށް އެދުމަށް ހުށަހަޅާކަމަށާއި މާލީ ގޮތުން ބަދަލު ނަގައިދޭންވެސް ހުށަހަޅާކަމަށެވެ. އަދި މައްސަލަތައް ތަހުޤީޤު ކުރަމުންދާއިރު އެއީ ކުރެވިދާނެ ކަމެއްތޯ ބަލާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

ޖިހާދާ ވިދާޅުވީ ޕަބްލިކް ހިޔަރިންގ ތަކަކީވެސް ޤާނޫނުން ފޯރުކޮށްދޭ ފަރުވާއެއްކަމަށެވެ. އެގޮތުން އެމީހުންގެ ވާހަކަތައް އާންމުންނަށް ހަމައަށް ގެނެސްދީ އެމީހުންގެ ހިތަށް ތަސައްލީއެއް އޭގެ ސަބަބުން ލިބޭނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އަދި ޕަބްލިކް ހިޔަރިންގ ގެ ޒަރީއާއިން ތަހުޤީޤަށް މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށް ޖިހާދާ ވިދާޅުވިއެވެ.

ތިނަދޫގެ މައްސަލައަށް އަލިއަޅުވާލައްވާ ޖިހާދާ ވިދާޅުވީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއާއި ގުޅިގެން އޮމްބަޑްސްޕަރސަން އޮފީހަށް ތިނަދޫގެ ވަކިވަކި ފަރުދުންގެ އިތުރުން ކައުންސިލުންވެސް މައްސަލަތައް ހުށަހަޅާފައިވާކަމަށެވެ. މިމައްސަލަތައް ބެލުމަށްފަހު މިއީ އޮމްބަޑްސްޕަރސަން އޮފީހަށް ބެލޭނެކަމަކަށްވާތީ މައްސަލަ ބެލުމަށް ނިންމީ ކަމަށާއި ޕަބްލިކް ހިޔަރިންގ އަށް ދާން ނިންމީ މައްސަލައިގެ ބާވަތުން ކަމަށް ޖިހާދާ ވިދާޅުވިއެވެ.

މިމައްސަލައިގެ ޕަބްލިކް ހިޔަރިންގ ބޭއްވުމަށް މުއައްސަސާތަކާއި ވާހަކަދައްކަމުންދާ ކަަމަށް ޖިހާދާ ވިދާޅުވިއެވެ. އެކަމަށްވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި މިމައްސަލައިގައި ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާންތައް މިހާރުވެސް ނަގަމުންދާކަމަށް ޖިހާދާ ވިދާޅުވިއެވެ. މިދިޔަ މަހު އޮމްބަޑްސްޕަރސަން އޮފީހުގެ ފަރާތުން ތިނަދޫއަށް ދަތުރެއްގޮސް މިކަމުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ވާހަކަދައްކާ ބަޔާންތައް ނަގާފައިވާކަމަށްވެސް ޖިހާދާ ވިދާޅުވިއެވެ.

އަދި ޕަބްލިކް ހިޔަރިންގ އާއި ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ތިނަދޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ޖިހާދާ ވިދާޅުވިއެވެ.

މައްސަލަތަކުގެ އަޑުއެހުންތައް މާރޗު މަހުގެ 03 އިން 05 އަށް ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާން ދިނުމަށް އެދޭ ފަރާތްތަކުން 01 ފެބުރުވަރީ އިން ފެށިގެން 15 ފެބުރުވަރީ އާއި ދެމެދު ނަންނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.  

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު