Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިދަ ބައިދަނޑިއަށް ތިރިކުރުން

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް

އިނގިރޭސި ރާނީ އަވަހާރަވި ޚަބަރު އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9.30ހާއިރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ސެޕްޓެމްބަރު 2022 | ހުކުރު 02:00
ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދަ ބަދަލުކުރުން

ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދަ ބަދަލުކުރުން

އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ތިންދުވަސް ވަންދެން ބައި ދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ރައީސް މިގޮތަށް ނިންމެވީ ކޮމަންވެލްތުގެ ގައުމުތަކާއި އިނގިރޭސިވިލާތާ ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށެވެ.

Advertisement - newsAdvertisement

އިނގިރޭސި ރާނީ އަވަހާރަވި ޚަބަރު އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9.30ހާއިރުއެވެ.

ރާނީ އަވަހާރަވެފައިވަނީ ބަލްމޯރަލް ޝާހީ ގަނޑުވަރުގައި، އާއިލާ ބޭފުޅުންގެ ހާޒިރުގައިކަމަށް، ރާނީ އަވަހާރަވިކަން އިއުލާންކުރުމަށް ބަކިންހަމް ޕެލެސްއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ރާނީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ކަނބަލެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސީންގެ ރަސްކަމުގެ ޢިއްޒަތްތެރި ތަޚުތަށް ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތު، އިސްވެވަޑައިގަތުމުގެ އުފާވެރި މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި މީގެ 70 އަހަރުކުރިން 1952ގައި ފާހަގަކުރެވުނެވެ.

ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތުގެ އަރިއަހަށް (ނ.ޣ. ޢ..ވ.) ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ލަގަބު ވަނީ އަރުވާފައެވެ. އެއީ ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި 13 މާރިޗު 1972ގައެވެ.

ދިވެހިރާއްޖެ 2 ޖަނަވަރީ 1989ން 26 ޖުލައި 1965ށް އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެެވެ. 

ރާނީ އެލިޒަބަތު 2ރައީސް ސާލިހު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު