Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެވަންޑޯސްކީ އަދި ބާސެލޯނާގެ ކުޅުންތެރިންނާމެދު ކޯޗު ޒަވީ ހުރީ ހިތްހަމަޖެހިގެން

ޒަވީ ވަނީ ބާސެލޯނާގައި ލެވަންޑޯސްކީ އަދާ ކުރަމުން އަންނަ ދައުރާއި، ބާސެލޯނާގެ ކުރިއެރުމަށް ލެވަންޑޯސްކީ ވަމުންދާ އެހީ ފާހަގަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 04:52
ބާސެލޯނާގެ ކުޅުންތެރިންނާއެކު ޒަވީ

ބާސެލޯނާގެ ކުޅުންތެރިންނާއެކު ޒަވީ

ދާދި ފަހުން ބާސެލޯނާއަށް ގެނައި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަދި ބާސެލޯނާގެ ކުޅުންތެރިންނާމެދު ހިތްހަމަ ޖެހިގެން ހުރި ކަމަށް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ މި ސީޒަނަގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފުޓުބޯޅަ މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ލެވަންޑޯސްކީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އަދި މެޗުގައި ބާސެލޯނާގެ އެހެން ކުޅުންތެރިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޒަވީ ވަނީ ބާސެލޯނާގައި ލެވަންޑޯސްކީ އަދާ ކުރަމުން އަންނަ ދައުރާއި، ބާސެލޯނާގެ ކުރިއެރުމަށް ލެވަންޑޯސްކީ ވަމުންދާ އެހީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި ލެވަންޑޯސްކީ މަސައްކަތް ކުރަމުން އަންނަ ގޮތާއި، ލެވަންޑޯސްކީއާއެކު ބާސެލޯނާއަށް ލިބެމުން އަންނަ ކުރިއެރުންތަކަށް އޭނާ ހިތްހަމަޖެހޭ ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ ލެވަންޑޯސްކީ އޭނާގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް އެދެނީ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ބުނީ މެޗުން ފާހަގަވީ ހަމައެކަނި ލެވަންޑޯސްކީގެ ހެޓްރިކް ނޫން ކަމަށާއި، ލެވަންޑޯސްކީގެ މަސައްކަތާއި އަދި މުޅި މެޗު އޭނާ ޑޮމިނޭޓް ކުރި ކުރުން ވެސް ފާހަގަވިކަމަށެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ލެވަންޑޯސްކީއެވެ.

ލެވަންްޑޯސްކީގެ އިތުރުން ޒަވީ ވަނީ މެޗުގައި އޮސްމާން ޑެމްބެލޭ ދެއްކި ކުޅުން ވެސް ފާހަގަކޮށްފައެވެ. މެޗުގައި ޑެމްބެލޭ ވަނީ ދެ ލަނޑު ޖެހުމަށް އެސިސްޓުކޮށްފައެވެ. ޑެމްބެލޭއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، ބާސެލޯނާގައި ޑެމްބެލޭ ހުރީ ހިތްހަމަ ޖެހިގެން އުފަލުން ކަމަށެވެ. ޒަވީ ބުނީ ޑެމްބެލޭ އަކީ އަބަދުވެސް ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ލަނޑު ޖެހުމަށް އެހީވެދީ އަދި ލަނޑު ޖަހާ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ ޑެމްބެލޭ އަކީ ވަރަށް މަސައްކަތް ކުރާ ވިންގަރއެއް ކަމަށެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން އެ ޓީމު އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނަށް ބާސެލޯނާ ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ޓީމުން ވަނީ ގިނަ ކުޅުންތެރިން ވެސް ހޯދާފައެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު