Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބައްޔާއެކު ޓުޗެލް ރަތަށް، ބުނަނީ އެ ނަތީޖާ އަންނާނެ ތަނެއް ނުފެނުނު ކަމަށް

ޓުޗެލް ބުނީ އެގޮތަށް ނަތީޖާ އަންނާނެ ތަނެއް އޭނާ އަށް ނުފެނުނު ކަމަށާއި، އޭނާ އަށް ހުރެވުނީ ނުބައި "މޫވީ" އެއްގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2022 | ބުދަ 03:04
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމުން ޗެލްސީގެ ކޯޗު ތޯމަސް ޓުވެލް ރުޅި ގަދަވެއްޖެއެވެ.

އައު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފުޓުބޯޅަ މެޗުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީން ނުކުތީ ޑައިނަމޯ ޒަގްރެބާ ދެކޮޅަށެވެ. ޑައިނަމޯ ޒަގްރެބްގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެ ޓީމުން ވަނީ 1-0 އިން ޗެލްސީގެ މައްޗަށް ކުރި ހޯދާފައެވެ. ބައްޔާއެކު ޗެލްސީ އޮތީ ގްރޫޕްގެ ފުލުގައެވެ. އެއް ވަނައިގައި ޑައިނަމޯ ޒަގްރެބް އޮތް އިރު، ދެ ވަނައިގައި އޮތީ އޭސީ މިލާންއެވެ. އަދި ތިން ވަނައިގައި އޮތީ ސަލްސްބާގްއެވެ.

މެޗަށްފަހު ޓުޗެލް ބުނީ އެގޮތަށް ނަތީޖާ އަންނާނެ ތަނެއް އޭނާ އަށް ނުފެނުނު ކަމަށެވެ. ޓުޗެލް ބުނީ އޭނާ އަށް ހުރެވުނީ ނުބައި "މޫވީ" އެއްގައި ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޗެލްސީން އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީއަށް އެހީއެއް ލިބޭނެ ކަމަށް އޭނާ ހީކުރި ކަމަށެވެ. ޓުޗެލް ބުނީ ޓީމުގެ ފަރިތަކުރުންތައް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އޭނާ ހީކުރި ގޮތުގައި ޓީމު އޮތީ މެޗަށް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓުޗެލް ބުނީ މުޅި ޓީމަށް ވެސް ކުރަން އުޅެނީ ކޮން ކަމެއްކަން އެނގޭނެ ކަމަށް ހީކުރިކަމަށާއި، ނަމަވެސް އެތައް އަންނަ މަންޒަރު އޭނާ އަށް ނުފެނުނު ކަމަށެވެ. ޓުޗެލް ބުނީ ރުޅި ގަދަވުމުގެ ސަބަބަކީ ވެސް އެއީ ކަމަށެވެ. މީގެ އިތުރުން ޓުޗެލް ބުނީ، އޮފް ދުވަހެއް ދެން ނޯންނާނެ ކަމަށެވެ. އޭނާ ބުނީ ޕްލޭންގައި ދެން އެއްވެސް އޮފް ދުވަހެއް ނެތް ކަމަށާއި، މިވަގުތު އޮފް ދުވަހެއް ނުވެސް ނެގޭނެކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ބައްޔަށްފަހު މި މަހުގެ 10 ގައި ޗެލްސީއަށް އޮތީ ޕްރިމިއަރ ލީގު މެޗެެވެ. ރަށުން ބޭރުގައި ޗެލްސީން ނުކުންނާނީ ފުލްހަމާ ދެކޮޅަށެވެ. އެއަށްފަހު އަނެއްކާ ވެސް މި މަހުގެ 15 ގައި ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ސަލްސްބާގާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު