Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފިއޮރެންޓީނާ ކައިރިން ޔުވެންޓަސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

4 ސެޕްޓެމްބަރު 2022 | އާދީއްތަ 03:27

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުން ނިމުނީ 1-1 އިން އެއްވަރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 03:27
ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން

ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވެއްޖެއެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޔުވެންޓަސް އިންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ އާކަންޑިއުޝް މިލިކްއެވެ. އެ ލަނޑަށްފަހު ވެސް ޔުވެންޓަސް އިން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ފިއޮރެންޓީނާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ފޮއޮރެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކްރިސްޓިއަން ކޯމޭއެވެ.

ލީޑު ނެގުމަށް ފިއޮރެންޓީނާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލޫކަ ޔޯވިޗް ފޮނުވާލި ބޯޅަ ކާމިޔާބެއް ނުވިއެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބުނު ނަމަވެސް، ބޭނުމެއް ނުހިފުނެވެ.

ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. ހަ ޕޮއިންޓާއެކު ފިއޮރެންޓީނާ އޮތީ 10 ވަނަ މަގާމުގައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

މާޒިޔާއަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް ހިތްހަމަ ޖެހޭނެ: ސުޒޭން

20 މެއި 2017
މާޒިޔާއަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް ހިތްހަމަ ޖެހޭނެ: ސުޒޭން
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
10 މެއި 2017

ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

10 މެއި 2017
ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
04 މެއި 2017

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
03 މެއި 2017

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

03 މެއި 2017
ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
16 އެޕްރީލު 2017

ޔުވެންޓަސް ލީޑްފުޅާ ކޮށްފި

16 އެޕްރީލު 2017
ޔުވެންޓަސް ލީޑްފުޅާ ކޮށްފި
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް