Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

މެޗުގައި އާޖެންޓީނާގެ މިޑްފިލްޑާ ޕައުލޯ ޑިބާލާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 05:17
ބާސާ އާއި ޔުވެންޓަސް ކުޅުނު ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން

ބާސާ އާއި ޔުވެންޓަސް ކުޅުނު ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދައި ސެމީ ފައިނަލުގެ ފުރުސަތު އެ ޓީމުން ބޮޑުކޮށްފި އެވެ.

އަންގާރަ ދުވަހު ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުވެންޓަސްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެށް ފެނިގެން ގޮސްފަ އެވެ. އެގޮތުން އެޓީމުގެ ޕައުލޯ ޑީބާލާގެ ކުޅުން ފާހަގަ ކޮށްލެވެ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

ޔުވެންޓަސްއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލީޑު ނަގާ ބާސާ ސިއްސުވާލާފަ އެވެ. މެޗުގެ 7 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އާޖެންޓީނާއަށް ނިސްބަތްވާ މިޑްފިލްޑަރު ޕައުލޯ ޑިބާލާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބާސަގެ 8 ކުޅުންތެރިން އޭރިޔާގެ ތެރޭގައި ތިއްބައި، ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން އިނިއެސްޓާއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. މެސީ ދިން ޕާހަކުން މުޅިން ހުސްކޮށް ހުރެ އިނިއެސްޓާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ޖުވެންޓަސްގެ އިތުބާރުހުރި ކީޕަރު ބުފޮން ވަނީ ދިފާއުކޮށްފަ އެވެ.

އޭގެ ދެ މިނެޓު ފަހުން އަނެއްކާ ވެސް ޑިބާލާ ވަނީ ލަނޑެށް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. އޭރިޔާގެ ބޭރު ރޮނގު ކައިރިން ޑިބާލާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ އެއްވެސް ހުރަހެއް ނެތި ސީދާ ގޯލުގެ ތެރެއަށެވެ. މި ލަނޑަށް ފަހު ދެ ޓީމަށްވެސް ވަނީ ނަތީޖާ ބަދަލުކޮށްލަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. ފުރަތަމަ ހާފް ނިމުނީ ޔުވެނަޓަސް ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފު ބާސާއިން ފެށީ ކުޅުން ތަންކޮޅެށް ރަނގަޅު ކޮށްގެންނެވެ. އެގޮތުން ހާފުގެ ކުރީކޮޅުގައި ބާސާއިން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށް ސުން ކަނޑުވާކަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ޔުވެންޓަސްއިން ބާސާގެ ގޯލަށް ނުރައްކާކުރަން ފެށީ އެވެ. އެގޮތުން 55 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޖޯޖިއޯ ޗިއަލީނީ ވަނީ ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދަނޑީގައިވެސް ޖެހިފަ އެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސާގެ ދަނޑުގައި ޔުވެންޓަސްއަށް ނިކުންނަން ޖެހޭއިރު، މި މެޗުން މޮޅު ވުމުން ޔުވެންޓަސްއަށް އެޑްވާންޓޭޖް ބޮޑުވެގެންދާނެ އެވެ. އެގޮތުން ދެ ވަނަ ލެގުގެ މެޗު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. އެޓީމަށް އޮތް އިތުރު އެޑްވާންޓޭޖަކީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ޔުވެންޓަސްއިން ކުޅުނު 32 މެޗުން ޓީމު ބަލިވެފައި ނެތުމާއި، ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ކުލަބުތަކުގެ ތެރެއިން ދެވަނައަށް އެންމެ މަދުން ގޯލު ވަދެފައިވާ ކުލަބަކީ ޔުވެންޓަސް ކަމަށް ވުމެވެ. އެހެންކަމަށް ވުމުން ބާސެލޯނާއަށް ޔުވެންޓަސްކޮޅަށް ގޯލު ޖެހުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ.

އެހެންނަމަވެސް ބާސެލޯނާ މުބާރާތުގެ ކުއާޓާ އާއި ހިސާބަށް ވާސިލުވީވެސް ދުނިޔޭގެ ރެކޯޑެއް ހަދައިގެންކަން ފާހަގަ ކޮށްލަން ޖެހެ އެވެ. ޕީއެސްޖީ އާއި ދެކޮޅަށް ފްރާންސްގައި ކުޅުނު ފުރަތަމަ ލެގުން 4-0 އިން ބާސާ ބަލިވެފައި އޮތް ނަމަވެސް އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ފަހަތުން އަރާ 6 ލަނޑު ކާމިޔާބުކޮށް ޕީއެސްޖީ ކަޓުވާލާފަ އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބާސާގެ އަމިއްލަ ދަނޑުގައި ޔުވެންޓަސް އާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު