Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

10 މެއި 2017 | ބުދަ 11:18

ފައިނަލްގައި ރެއާލް ނޫނީ އެތްލެޓިކޯއާ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 10 މެއި 2017 | ބުދަ 11:18
ދެވަނަ ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ޑެނި އަލްވޭސް ސެލެބްރޭޓް ކުރަނީ

ދެވަނަ ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ޑެނި އަލްވޭސް ސެލެބްރޭޓް ކުރަނީ

ނުވަދިހަ ހަ ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށްފަހު މިހާތަނަށް އެ މުބާރާތުގެ ތައްޓެއްގައި އަތްލެވިފައިނުވާ އިޓަލީގެ ޔޫވެންޓަސް އިން ފްރާންސްގެ މޮނާކޯ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔުވެންޓަސް އިން ވަނީ 1985 ވަނަ އަހަރާއި 1996 ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކޮށްފައެވެ. އަދި އޭގެ ފަހުން ހަތަރު ފަހަރަކު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުވެންޓަސް އިން ކުޅެފައިވެއެވެ.

އެގޮތުން 1997 އަހަރާއި 1998 އަހަރާއި 2003 އަދި 2015 ވަނަ އަހަރުވެސް މިމުބާރާތުގެ ފައިނަލްގައި ކުޅެފައިވެއެވެ. ނަމަވެސް އޭގެން އެއްވެސް ފަހަރެއްގައި ޗެމްޕިއަންސް ލީގު ތަށި ހިއްލާލެވޭ ވަރެއް ނުވިއެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކުރީ ސެމީ ފައިނަލްގެ ދެ ލެގުވެސް ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ރަށުން ބޭރުގައި މޮނާކޯއާ ކުޅެ 0-2 އިން މޮޅުވިއިރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުވެސް ކާމިޔާބުކުރީ ހަމަ އެނަތީޖާއިންނެވެ.

އަންގާރަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމަށް ފުރަތަމަ ހާފްގައި ލީޑް ނަގައިދިނީ 33 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ޑެނި އަލްވޭޒްއެވެ.

މޮނާކޯއިން ވެސް ވަނީ ފަހުހާފްގައި ލަނޑެއް ޖަހާފައެވެ. ކީލިއަން އެމްބާޕޭ 69 ވަނަ މިނެޓުގައި ޖެހި ލަނޑުން ޔުވެންޓަސް މާބޮޑު ޕްރެޝަރެއް ކުރިމަތި ކުރުވޭ ގޮތެއް ނުވިއެވެ.

އެމްބާޕޭގެ ލަނޑުން ނަތީޖާއަށް މާބޮޑު ބަދަލުތަކެއް ނަޔަސް އެއީ ފާހަގަކޮށްލެވޭ ވަރުގެ ލަނޑެކެވެ. އެއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ޔުވެންޓަސް ކޮޅަށް ވަން ހަމައެކަނި ގޯލަށްވާތީއެވެ.

މި ލަނޑާއިއެކު އުމުރުން 18 އަހަރުގެ އެމްބާޕޭ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.

މި ސީޒަނުގެ ޗެމްޕިއަން ލީގުގެ ތަށްޓަށް ސީދާ އަމާޒުކޮށްގެން ނުކުތް ޔުވެންޓަސް އެންމެ ފަހުން ކުޅުނު ހަތަރު ފައިނަލުގައި ބަލިވެފައިވަނީ ވަނީ ބޮރޫޝިއާ ޑޯޓްމަންޑް، ރެއާލް މެޑްރިޑް، އޭސީ މިލާން، ބާސެލޯނާ އަތުންނެވެ.

މިފަހަރުގެ ފައިނަލުގައި ޔުވެންޓަސްއަށް ކުރިމަތިލާން ޖެހޭނީ 1998 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ރެއާލް މެޑްރިޑާއި ނުވަތަ އެތުލެޓިކޯ މެޑްރިޑާ އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް