Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް ލީގާ ގާތަށް

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

ބާކީ އޮތީ ހަތް މެޗު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 9 އެޕްރީލު 2017 | އާދީއްތަ 12:54
ލަނޑުޖެހުމަށްފަހު ހިގައިން އަދި ޑީބާލާ އުފާފާޅުކުރަނީ

ލަނޑުޖެހުމަށްފަހު ހިގައިން އަދި ޑީބާލާ އުފާފާޅުކުރަނީ

ގޮންޒާލޯ ހިގައިންގެ ދެ ލަނޑާއެކު ރޭ ކިއޭވޯ އަތުން މޮޅުވެ، އިޓާލިއަން ލީގުގެ ނެގުމާއި ގާތަށް ޔުވެންޓަސް އިން ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހު ރޭ އަމިއްލަ ދަނޑުގައި 0-2 އިން ކިއޭވޯ އަތުން ޔުވެންޓަސް މޮޅުވެފައިވާއިއިރު، މިއީ އަމިއްލަ ދަނޑުގައި ޔުވެންޓަސް ޖެހިޖެހިގެން މޮޅުވި 32 ވަނަ މެޗެވެ. ޖެހިޖެހިގެން 6 ވަނަ ފަހަރަށް އިޓާލިއަން ލީގުގެ ނެގުމާއި ގާތަށް ޖެހިލާފައިވާ ޔުވެންޓަސް އިން ކިއޭވޯ ކޮޅަށް ފުރަތަމަ ލަނޑުޖެހީ 23 ވަނަ މިނެޓުގައެވެ.

ހިގައިން މި ލަނޑު ޖަފާފައިވަނީ އޭރިއާ ތެރެއިން ޑިބަލާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ދެވަނަ ލަނޑު ޖެހީ 84 ވަނަ މިނެޓުގައެވެ.

މި ދެ ލަނޑާއެކު ލީގުގައި ހިގައިން ޖެހި ގޯލްގެ އަދަދު 27 އަށް އެރީއެވެ. މިހާތަނަށް ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހިކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަނީ ހިގައިންގެ އަތުގައެވެ.

އިޓަލިއަން ސީރިއާގެ ސީޒަނެއްގައި އެންމެ ގިނަ ގޯލްޖެހުމުގެ ރެކޯޑާއެކު ހިގައިންވަނީ މިދިޔައި ސީޒަނުގެ ޓޮޕް ސްކޯރާގެ ބޫޓު ހޯދަފައެވެ.

ގަނަރ ނޮދާލް 1949-1950 ހަދާފައިވާ ރެކޯޑް އޭގެ 66 އަހަރު ފަހުން ހިގައިން މުގުރާލީ 36 ލަނޑު ހަމަކޮށްގެންނެވެ. ނޮދާލްގެ ރެކޯޑަކީ 35 އެވެ.

ލީގުގައި ބާކީ ހަތް މެޗު ޔުވެންޓަސްއަށް އޮތް އިރު، އެ ރިކޯޑް އާކުރުމުގެ ފުރުސަތުވެސް ހިގައިންއަށް އެބައޮތެވެ.

ޔުވެންޓަސް އިން އިޓާލިއަން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން 32 މޮޅު ހަމަކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެނެވެ.

ޔުވެންޓަސްއަށް 77 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބޭއިރު، ދެވަނައިގައި ރޯމާ އޮތީ 68 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު