Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

4 މެއި 2017 | ބުރާސްފަތި 09:31

މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ހިގުއައިން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 4 މެއި 2017 | ބުރާސްފަތި 09:31
ޔުވެންޓަސްގެ ހިގުއައިން މޮނާކޯގެ ޑިފެންޑަރެއް ކައިރިން ބޯޅަ ލިބިގަތުމަށްފަހު ގޯލަށް ފޮނުވާލަނީ

ޔުވެންޓަސްގެ ހިގުއައިން މޮނާކޯގެ ޑިފެންޑަރެއް ކައިރިން ބޯޅަ ލިބިގަތުމަށްފަހު ގޯލަށް ފޮނުވާލަނީ

އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ކާމިޔާބުކޮށްދިން ހިތްގައިމު ދެލަނޑާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ޔުވެންޓަސް އިން ޖެހިލައިފިއެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އެޓީމުގެ ޒުވާން ފޯވާޑް އެމްބާޕޭއަށް ވަނީ ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު އަދި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި، ޖިއާންލުއިޖީ ބުފޮން ވަނީ ދިފާއުކޮށްފައެވެ.

ގޯލްޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން، މޮނާކޯއަށް ނުހިފުމުގެ ނަތީޖާއަކަށްވީ 29 ވަނަ މިނެޓްގައި ޔުވެންޓަސް އިން ލީޑު ނެގުމެވެ. ޑެނިއަލް އަލްވޭސް ދިން ރީތި ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ހިގުއައިންއެވެ.

މި ގޯލަށްފަހު މޮނާކޯއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް، އެޓީމަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

އެއް ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ރަޑަމެލް ފަލްކާއޯއަށް ވަނީ މޮނާކޯއަށް ނަތީޖާ އެއްވަރުކޮށްދޭން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވެސް ބުފޮން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮނާކޯ އިން ކުޅުނު ނަމަވެސް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތް އެޓީމަށް ވަނީ ނުވެފައެވެ.

ޔުވެންޓަސްގެ ދެވަނަ ގޯލު 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ހިގުއައިންނެވެ. މި ގޯލު ވެސް އޭނާ ކާމިޔާބުކުރީ އަލްވޭސް ދިން ބޯޅައަކުންނެވެ.

މި މޮޅާއެކީ ފައިނަލާއި ގާތަށް ޔުވެންޓަސް ޖެހިލާފައިވާއިރު މި ސީޒަނުގައި އެޓީމަށް ތިން ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ އިތުރުން އިޓާލިއަން ލީގު އަދި އިޓާލިއަން ކަޕެވެ.

މޮނާކޯ އާއި ޔުވެންޓަސް ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު އޮންނާނީ، އަންނަ އަންގާރަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް