Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

ޔުވެންޓަސް އަކީ މިވަގުތު ޔޫރަޕުގައި ކުޅޭ އެންމެ ވަރުގަދަ ޓީމު

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 3 މެއި 2017 | ބުދަ 19:56
މޮނާކޯގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ އިތުބާރު ފޯވާޑް ރަޑަމެލް ފަލްކާއޯ

މޮނާކޯގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ އިތުބާރު ފޯވާޑް ރަޑަމެލް ފަލްކާއޯ

ޔުވެންޓަސް ކޮޅަށް ގޯލު ޖެހުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް މޮނާކޯގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ އިތުބާރު ފޯވާޑް ރަޑަމެލް ފަލްކާއޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުވެންޓަސް އާއި މޮނާކޯ ބައްދަލުކުރާއިރު މިވަގުތު ޔޫރަޕްގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޑިފެންސްލައިނެއް އޮތީ ޔުވެންޓަސްގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެގޮތުން އެޓީމުން ވަނީ ކުއާޓާ ފައިނަލްގައި ވަރުގަދަ ފޯވާޑް ލައިނެއް އޮތް ބާސެލޯނާ އާއި ބައްދަލުކޮށް ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވައްދާ މުބާރާތުން އެޓީމު ކަޓުވާލާފައެވެ.

މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ފަލްކާއޯ ބުނީ ޔުވެންޓަސްއަކީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ޑިފެންސްކުރާ ޓީމެއް ކަމަށާއި އެހެންކަމުން އެޓީމު ކޮޅަށް ގޯލު ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެކަން ފަލްކާއޯ ފާހަގަކުރިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި، ކުޅުނު ހަ މެޗުގައި ފަސް ގޯލު ފަލްކާއޯ ކާމިޔާބުކޮށްފައިވާއިރު، އޭނާ ހުރީ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު، ޖިއާންލުއިޖީ ބުފޮން ކޮޅަށް ވެސް މިރޭ ގޯލެއް، ކާމިޔާބުކުރުމަށް ކެތްމަދުވެފައެވެ.

ޔުވެންޓަސް އާއި މޮނާކޯ ވެސް މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި ކަމަށްވާއިރު، މުބާރާތުގެ ސެމީގައި މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 1998 ވަނަ އަހަރުގައެވެ. އެފަހަރު 4-6 ގެ ނަތީޖާއަކުން، ޔުވެންޓަސްއިން ވަނީ މޮނާކޯ ބަލިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު