Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނަށް ދިމާވެފައިވާ މޫސުމީ ކާރިސާ

ޕާކިސްތާނަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ގްރައުންޑް ޒީރޯ: މުނީރު އަކްރަމް

33 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2022 | ހުކުރު 11:35
މުނީރު އަކްރަމް

މުނީރު އަކްރަމް

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، ތަރައްޤީވަމުން އަންނަ ނާޒުކު ޤައުމުތަކަށް ކުރިމަތިލާން ޖެހޭ ކާރިސާތަކަށް އެކަށީގެންވާ ބަދަލު ދިނުމުގެ ބައިނަލްއަގުވާމީ ފެންވަރުގެ ނިޒާމަކަށް ދުނިޔެ ބޭނުން ވެފައި އޮންނަތާ ކިތަންމެ ދުވަހެއް ވެފައި ވާ ކަމަށާއި، އަދި މިފަދަ ކާރިސާތަކަށް މަގުފަހި ކުރުމުގެ ތާރީޚެއް އޮތް، ސިނާއީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހިފައި އޮންނަތާ ވެސް ކިތަންމެ ދުވަހެއް ވެފައިވާ ކަމަށް ޕާކިސްތާނުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، މުނީރު އަކްރަމް ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރަކީ ޖޫން މަހުގެ މެދަކާ ހިސާބުން ފެށިގެން ޕާކިސްތާނަށް ކުރަމުން ދާ މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން، ބޮޑެތި ކާރިސާތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 1100 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވެފައެވެ. ދަނޑު ބިންތަކަށާއި އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ޕާކިސްތާނުން ދަނީ އިންސާނީ އެހީއަށް އެދި ބައިނަލްއަގުވާމީ މުޖުތަމައުގައި ސަލާން ޖަހަމުންނެވެ.

ޕާކިސްތާން ފަދަ ޤައުމުތަކަށް ކުރިމަތިލާން ޖެހޭ މޫސުމީ ކާރިސާތަކަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިލާން ޖެހޭ ގެއްލުންދެނިވި ބަދަލުތައް ހަނދާން ކޮށްދޭ ކަމެއް ކަމަށާ، އެ ބަދަލުތަކަކީ ޤައުމުތަކަށް ތަހައްމަލު ކުރެވޭ ވަރުގެ ބަދަލުތަކެއް ނޫން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަދި ޕާކިސްތާނަށް މިއަދު އުފުލަން ޖެހޭ ތަކުލީފުތަކަށް ބަލާއިރު، އެ ޤައުމަކީ މިފަދަ ކާރިސާތަކުގެ "ގްރައުންޑް ޒީރޯ" ކަމަށްވެސް އަކްރަމް ވަނީ ސިފަ ކުރައްވާފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރާ، ތަކުލީފު އުފުލަމުންދާ ޕާކިސްތާނު ފަދަ ޤައުމުތަކަށް ބަދަލު ޙައްޤުވާކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހަނދާންކޮށްދެއްވަމުން އަކްރަމް ވަނީ، ޒިންމާ އުފުލަން ޖެހޭ ބަޔަކީ، ސިނާއީ ގޮތުން ކުރިއަރާ، ގިނަ ޢަދަދަކަށް، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ ޤައުމުތައް ކަމަށް ވިދާޅުވެފައެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ 3 ބައިކުޅަ 1 ބައި ސަރަހައްދު މިހާރު އޮތީ ފެނު އަޑީގައެވެ. ޕާކިސްތާނުގެ އާންމު ސިއްހީ ހާލަތުވެސް މިވަގުތު އިންތިހާއަށް ގޯހެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު އިތުރުވުން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެމުން ދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރުމުގެ ބޮޑު ހިއްސާއެއް އޮންނަނީ ކުރިއަރާފައި ވާ ޤައުމުތަކުގައި ކަމަށް ވީ ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުން އުފުށް މިފުށަށް ޖެހި، އުމުރު ދުވަހުގެ މަސައްކަތް ފެނަށް ޣަރަޤުވެދާ މަންޒަރު ބަލަން މަޖުބޫރުވެފައި ވާ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާލީ ތަނަވަސްކަމުގެ ގޮތުން މާ މުއްސަނދި ނޫން ގައުމުތަކުގެ ރަށްވެހިންނަށެވެ. 1959 ވަނަ އަހަރުން ފެށިގެން ބަލާ ކަމުގައި ވާ ނަމަ، ކާބަންޑައިއޮކްސައިޑް ބޭރު ކުރި ނިސްބަތުން ޕާކިސްތާން ހިއްސާ ކުރަނީ އެންމެ 0.4 ޕަސެންޓްއެވެ. އެމެރިކާއިން 21.5 ޕަސެންޓް، ޗައިނާއިން 16.5 ޕަސެންޓް އަދި ވިލާތުގެ އިއްތިހާދުން 15 ޕަސެންޓްއެވެ. ނަމަވެސް، މިއަދު ޕާކިސްތާނަށް އުފުލަން ޖެހިފައިވާ ތަކުލީފަކީ އެ ނިސްބަތާ އަޅާ ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ތަކުލީފެކެވެ.

ޕާކިސްތާނުގައި ފެންބޮޑުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ވަގުތުން އެހީ ބޭނުންވެފައިވާ 3.4 މިލިއަން ކުޑަކުދިން އެބަތިބި: ޔުނިސެފް

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ވަގުތުން އެހީ ބޭނުންވެފައިވާ 3.4 މިލިއަން ކުޑަކުދިން އެބަތިބި: ޔުނިސެފް

18 ސެޕްޓެމްބަރު 2022
ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ޕާކިސްތާނުގައި ޑެންގޫ ފެތުރެނީ

ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ޕާކިސްތާނުގައި ޑެންގޫ ފެތުރެނީ

15 ސެޕްޓެމްބަރު 2022
އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

12 ސެޕްޓެމްބަރު 2022
"ޕާކިސްތަނުގެ ފެންބޮޑުވުމުގެ ކާރިސާއަކީ މޫސުމީ ބަދަލާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ކާރިސާ"

"ޕާކިސްތަނުގެ ފެންބޮޑުވުމުގެ ކާރިސާއަކީ މޫސުމީ ބަދަލާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ކާރިސާ"

11 ސެޕްޓެމްބަރު 2022
ފެންގަނޑު ބޮޑުވުމުން ފުރާޅުމަތީ ކޭމްޕު ޖެހިތަނާ، ވިހެއުމުގެ ވޭންވަރު އައުމުން ދެން ހެދީ ކިހިނެތްކަން އެނގޭތަ؟

ފެންގަނޑު ބޮޑުވުމުން ފުރާޅުމަތީ ކޭމްޕު ޖެހިތަނާ، ވިހެއުމުގެ ވޭންވަރު އައުމުން ދެން ހެދީ ކިހިނެތްކަން އެނގޭތަ؟

08 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު