Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ފެންބޮޑުވުން

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ވަގުތުން އެހީ ބޭނުންވެފައިވާ 3.4 މިލިއަން ކުޑަކުދިން އެބަތިބި: ޔުނިސެފް

ޕާކިސްތާނުގައި ފެންބޮޑުވުމުގެ އަސަރު 16 މިލިއަނެއްހާ ކުޑަކުދިންނަށް ކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 02:19
ޕާކިސްތާނުގެ އަންހެނެއް އޭނާގެ ކުޑަ ދަރިފުޅާއެކު

ޕާކިސްތާނުގެ އަންހެނެއް އޭނާގެ ކުޑަ ދަރިފުޅާއެކު

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ވަގުތުން އެހީތެރިކަން ބޭނުންވެފައި 3.4 މިލިއަން ކުޑަކުދިން އެ ޤައުމުގައި އެބަތިބި ކަމަށް ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގައި ފެންބޮޑުވެ 16 މިލިއަނެއްހާ ކުޑަކުދިންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ. މީގެ ތެރެއިން 3.4 މިލިއަން ކުދިންގެ ފުރާނަ ސަލަމާތް ކުރަން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ޕާކިސްތާނުގެ ޔުނިސެފް ރެޕްރެޒެންޓޭޓިވް އަބްދުﷲ ފާދިލް ވިދާޅުވިއެވެ.

ޖޫން މަހުގެ މެދުތެރެެއިން ފެށިގެން އެޤައުމަށް ކުރަމުން އައި ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ބޮޑުބައެއްގައި ފެންބޮޑުވެ މިހާތަނަށް 1545 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް އެ ޤައުމަށް ދިމާވި އެންމެ ބޮޑުއެއް އިންސާނީ ކާރިސާއެވެ. މި ކާރިސާގައި މަރުވި 1545 މީހުންގެ ތެރޭގައި 552 ކުޑަކުދިން ހިމެނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި ޑެންގޫ ފަދަ ބަލިތައް ވެސް ދަނީ އިތުރުވަމުންނެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ބޭނުންވާ ކާބޯތަކެތި ނުލިބި ކުޑަކުދިންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ޔުނިސެފުން ބުނެއެވެ. އެ ޤައުމުގައި އިންސާނުންގެ ހާލަތު އެންމެ ބޮޑަށް ދަށްވެފައިވަނީ ސިންދު ޕްރޮވިންސުގައެވެ.

ދެކުނު ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރު އަޒްރާ ވިދާޅުވީ އަދި ނުހިނދި އޮތް ފެންގަނޑުގެ ސަބަބުން ސްޓޭޓް އޮފް އިމަރޖެންސީ ހާލަތު އުފެދިފައިވާ ކަމުގައެވެ. މި ފެންގަނޑުތަކަކީ ޑެންގޫ ޖައްސާ އޭޑީސް މަދިރި ބިސްއަލާ އާލާވާނެ ތަންތަންކަމުން، ޑެންގޫ އާއި ހަމުގެ ބަލިތައް ދަނީ ބާރަށް ފެތުރެމުންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މެލޭރިޔާ އާއި ބޭރަށް ހިންގުން ފަދަ ބަލިތައް ވެސް އެހިސާބުތަކުގައި ދަނީ ފެތުރެމުންނެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދެމުން އަންނައިރު އަދިވެސް ގިނަ އަދަދެއްގެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްނުދެވެއެވެ.

ޕާކިސްތާންޕާކިސްތާނުގައި ފެންބޮޑުވުން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު