Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާންގައި ފެންބޮޑުވުން

ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ޕާކިސްތާނުގައި ޑެންގޫ ފެތުރެނީ

ފެނުން ސަލާމަތް ވެވިފައިވާ މީހުންނަށްވެސް ކާބޯ ތަކެއްޗާއި ސާފު ބޯފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތި ވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 06:51
ޕާކިސްތާން ގައި ފެންބޮޑުވެފައިވާ ހިސާބެއް

ޕާކިސްތާން ގައި ފެންބޮޑުވެފައިވާ ހިސާބެއް

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ޑެންގޫ ފަދަ ސީރިއަސް ބަލިތައް ފެތުރެމުން ދާކަމަށް ބުނެ ސިއްހީ އޮފިޝަލުން މިކަމަށް ސަމާލުވުމަށް ގޮވާލަން ފަށައިފިއެވެ. ޑެންގޫގެ އިތުރުން މެލޭރިޔާ އަދި ގެސްޓްރިކް އިންފެކްޝަންތައް ވެސް ފެތުރުން އިތުރުވެފައިވާ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޖޫން މަހުގެ މެދެއްހާ ހިސާބުން ފެށިގެން ޕާކިސްތާނަށް ކުރި ވިއްސާރަޔާއި ގުޅިގެން އެތައްހާސް ގެއާއި ބްރިޖް ފަދަ ތަންތަން ހަލާކުވުމާއި ގުޅިގެން 33 މިލިއަން މީހުންގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އަދި ކުރިމަތިވި ތަފާތު ހާދިސާތަކުގައި މަދުވެގެން 15 ސަތޭކައެއްހާ މީހުން ވަނީ މަރުވެފައެވެ.

ޑެންގޫ ޖެހުމުގެ ސަބަބުންވެސް މިހާރު މީހުން މަރުވަމުން ދާކަމަށާ އަދި ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން ސިންދު ޕްރޮވިންސްގައި އެކަނިވެސް ޑެންގޫގެ 3،830 ކޭސް ރިޕޯޓް ކޮށްފައިވާކަމަށާ މިހާތަނަށް ނުވަ މީހުން މަރުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

ޕާކިސްތާނަށް ވިއްސާރަކުރަން ފެށިތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެތައްހާސް އަވަށެއް ވަނީ ފެނުއަޑީގައެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ އާއިލާއެއް ވަނީ ވިއްސި ވިހާލި ވެގެން ގޮސްފައެވެ. ގިނަ ހިސާބުތަކެއްގައި އަދިވެސް މަގުތަކުން ދަތުރު ކުރެވޭ ވަރު ނުވާތީ ސިއްހީ ހިދުމަތް ހޯދުމަށްވެސް ވަނީ ހުރަސް އެޅިފައެވެ. ސަރުކާރުންނާއި އެހީދޭ ފަރާތްތަކުން ދަނީ ސިއްހީ ޚިދުމަތް ދިނުމަށް އެހިސާބުތަކަށް މޯބައިލް ވޭންތަކެއް ވެސް ފޮނުވަމުންނެވެ.

ފެނުން ސަލާމަތްވެ ހިކި ހިސާބުތަކަށް ދެވިފަ ތިބި މީހުންނަށް ވެސް ކާބޯތަކެއްޗާއި ސާފު ބޯފެނުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް ޚަބަރުތައް ބުނެއެވެ.

ނިމުނު ހަފްތާގައި އެގައުމަށް ކުރެއްވި ދަތުރުފުޅެއްގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ދުނިޔޭގެ މުއްސަދި ގައުމުތަކުން ޕާކިސްތާނަށް އެހީވުމަށް ގޮވާލައްވާފައެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްދުނިޔެޕާކިސްތާނުގައި ފެންބޮޑުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު