Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާ

އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު، ޓެންޓު ޖަހައިގެން ހިންގަމުން ދިޔަ ކުލިނިކަށް ދަރިފުޅު ގެންދިޔަ ރޭ ކުއްޖާ ވަނީ މަރުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 07:27
ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން ބުނާ ގޮތުގައި ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ފެންބޮޑުވުމުގެ ކާރިޘާގެ އަސަރު، 16 މިލިއަނެއްހާ ކުދިންނަށް ވަނީ ކޮށްފައި

ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން ބުނާ ގޮތުގައި ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ފެންބޮޑުވުމުގެ ކާރިޘާގެ އަސަރު، 16 މިލިއަނެއްހާ ކުދިންނަށް ވަނީ ކޮށްފައި

އަމިއްލަ އުނގުމަތީގައި، އުމުރުން އެންމެ 6 އަހަރުގެ އުފަން ދަރިފުޅު މަރުވެދިއުމުގެ މަދު ގަޑިއިރުކޮޅެއްގެ ކުރިން ކަން ހިނގައިގެން ދިޔަ ގޮތް، ބަދަރު ބިބީގެ ހަނދާނުގައި ހަރުލާ ހުރީ އުމުރަށް ބިންވަޅު ނެގޭ ފަދަ ގޮތަކަށެވެ. އެ ޤައުމުގެ ތާރީޚު ދެކެފައި ނުވާ ފަދަ ފެންބޮޑުވުމުގެ ކާރިޘާއެއް ތަޖުރިބާ ކުރަމުން ދާ ޕާކިސްތާނުގައި ޤާއިމުކޮށްފައިވާ ވަގުތީ ހޮސްޕިޓަލަކުން، ސިޓީ ހޮސްޕިޓަލަށް ދަރިފުޅު ގޮވައިގެން ދުވި ދުވުމަކީ ދުވަހަކުން ބިބީގެ ހަނދާނުން ފިލާ ދާނެ ހަނދާންތަކެއް ނޫނެވެ. އެ ދަރިފުޅުގެ ހުން ވިހެލާތޯ އެ މަންމަ ކުރި މަސައްކަތް، އެހެން މީހަކަށް، އިންސާފުވެރި ގޮތެއްގައި ބަޔާންކޮށެއް ނުދެވޭނެއެވެ.

ބިބީ، އޭނާގެ ދަރިފުޅު، ޢަބްދުލްޤާދިރު ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ވައިގެ އަސްކަރިއްޔާއިން ޤާއިމު ކޮށްފައިވާ މެޑިކަލް ސެންޓަރަކަށެވެ. އެތަނުގައި ތިބި ޑޮކްޓަރުން ދިން ފަރުވާގެ އެހީގައި، ޢަބްދުލްޤާދިރުގެ ހުން، ކޮންމެވެސް ވަރަކަށް މަޑުވިއެވެ. އެ ޑޮކްޓަރުން ވަނީ، ކައިރި އަވަށެއް ކަމަށް ސިހްވާންގެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް، ޓުކް-ޓުކްއެއް ހޯދުމަށްވެސް ބިބީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެ ފުރަތަމަ ޢަބްދުލްޤާދިރު އޮތީ އައިވީ ގުޅާފައެވެ. އޭނާގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފެށުމުން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ނަމަވެސް، ގެދޮރު ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްގެން ޕާކިސްތާނުގެ ސަރުކާރުން ޓެންޓު ޖަހައިގެން ހިންގަމުން ދިޔަ ކުލިނިކަށް ދަރިފުޅު ގެންދިޔަ ރޭ، ބިބީގެ ދަރިފުޅު މި ދުނިޔެއަށް ފަހު ނޭވާ ދޫކުރިއެވެ.

ޢަބްދުލްޤާދިރަށް ފީލްޑް ކުލިނިކުގައި މިދިޔަ ހަފުތާގައި ފަރުވާ ދިން ޑޮކްޓަރ ޝާހިދު އިޤްބާލް ބުނި ގޮތުގައި، އެ ކުއްޖާ ހުން އަންނަ އަސްލު ސަބަބު އޮތީ ދަނެނުގަނެވިއެވެ.

ޢަބްދުލްޤާދިރަކީ ޕާކިސްތާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ފެންބޮޑުވުމުގެ ކާރިޘާގައި މަރުވި ކުދިންގެ ލިސްޓުގައި ހިމެނޭ ނަމެކެވެ. މަރުގެ ސަބަބުތަކުގެ ތެރޭގައި ފެންގަނޑަށް ޣަރަޤުވުމުގެ އިތުރުން، ނުރައްކާތެރި ބަލިތަކެއްގެ ޝިކާރައަކަށްވުން ހިމެނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޕާކިސްތާނަށް ކުރިމަތިވި މޫސުމީ ގަދަ ވިއްސާރަގައި މަރުވި 1399 މީހުންގެ ތެރޭގައި 496 ކުޑަކުދިން ހިމެނެއެވެ.

ބޮޑުވި ފެންގަނޑު ހިނދެން ފަށާފައި ވާ މި ދަނޑިވަޅުގައި ފެތުރިގެންދާ ބަލިމަޑުކަމުގައި އެންމެ ނާޒުފު ފައްތަރެއްގައި ތިބި ބަޔަކީވެސް ކުޑަކުދިންކަން ފާހަގަ ކުރަން ޖެހެއެވެ. އެއީ އެހީދޭ ޖަމިއްޔާތަކުންވެސް ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ.

ކުޑަކުދިންނާ ބެހޭ އދގެ ޖަމިއްޔާ (ޔުނިސެފް) އިން ބުނާ ގޮތުގައި ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ފެންބޮޑުވުމުގެ ކާރިޘާގެ އަސަރު، 16 މިލިއަނެއްހާ ކުދިންނަށް ވަނީ ކޮށްފައެވެ. އަދި އޭގެ ތެރެއިން 3.4 މިލިއަން ކުދިންނަކީ ފުރާނަ ސަލާމަތް ކުރުމަށް އެހީ ބޭނުން ވެފައިވާ ކުދިންނެވެ.

ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ މޫސުމީ ގަދަ ވިއްސާރައާއި އެ ވިއްސާރައާ ގުޅިގެން ކުރިމަތިވި އެހެން ކާރިޘާތަކުގައި އެ ޤައުމަށް ލިބުނު މާލީ ގެއްލުމުގެ އަގު، 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ބިބީފަދަ ޢާއިލާތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުވި ނަމަވެސް، އޭނާ ނިސްބަތްވާ މެހާރު އަވަށުގައި 2 ފަންގިފިލާއަށް ހުރި ގެތަށްވެސް ފެންގަނޑުން ތެރެއިން ކިރިއާ ފެންނަން ހުރި ކަމެވެ. އެ ހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް، އިންތިހާ ލޯބިވި ތުއްތު ދަރިފުޅުގެ ވަކިވެ ދިއުމަކީ، ދުވަހަކުވެސް ބިބީގެ ހަޔާތުގައި ފޫބައްދާލެވޭނެ ވަރުގެ ގެއްލުމެއް ނޫންކަން ދަންނަންޖެހެއެވެ. ވިއްސާރައިގެ ކޮޅިގަނޑު މަޑުވެ، ފެންގަނޑު ހިނދުނު ކަމުގައި ވީ ނަމަވެސް، ޙަޤީޤީ އިންސާނީ ކާރިޘާގެ ކޮޅިގަނޑު އަދި އޮތީ ކަމުގެ އިންޒާރު، ޢަބްދުލްޤާދިރުގެ މަރާއެކު މުޅި ދުނިޔެއަށް ދިން ފަދައެވެ.

ޕާކިސްތާނުގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު